އެއްބަސްވެ ދެބަސްވަމާ: ރާއްޖެ ބަނގުރޫޓް ވެދާނެތަ؟

500 މިލިއަން ޑޮލަރުގެ ސްކޫކް ދެއްކުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު އެ ސްކޫކް އަނބުރާ ދެއްކުމުގައި ސަރުކާރުން ރާވާފައިވާ ގޮތްތަކެއް އެއްވެސް މިންވަރަކަށް އާންމުންނަށް ތިލަކުރަމަކުން ނުދޭ
23 ޖެނުއަރީ 2026
3

މިއަދު މިއީ، 'އެއްބަސްވެ ދެބަސްވަމާ'ގެ އަށް ވަނަ އެޕިސޯޓެވެ. މި އެޕިސޯޓުގެ ދައުރުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު، ޕަބްލިކް ފައިނޭންސް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ސަރުވަޝް އާދަމްއާ މުހިންމު ސުވާލެއް ކުރިމަތި ކުރެއްވި އެވެ. އެއީ ގިނަ އާންމުންގެ ސުވާލެކެވެ. 

ރާއްޖެ ބަނގުރޫޓް ވެދާނެ ހެއްޔެވެ؟ 

އެ ސުވާލަށް ޖަވާބު ދެއްވަމުން ސަރުވަޝް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތެރޭގެ އިގްތިސާދު ހާއްސަކޮށް ފަތުރުވެރިކަން ހިނގަމުން އަންނަހާ ހިދަކު ރާއްޖެއަށް ދަރަނި ނުދެއްކޭ ހިސާބަކަށް ނުދާނެ އެވެ. އެކަމަކު، އާމްދަނީ ނުބައްދަލުވަށް ސަރުކާރުގެ ހަރަދުތައް ބޮޑުކޮށްގެން ކުރިއަށް ދާނަމަ، ބަނގުރޫޓޭ ނުކިޔަސް މާލީ ތާށިކަން އޮންނާނީ ހަމަ އެކަހަލަ ހާޅަތްތައް ދިމާވެފައިވާ ގައުމުތަކުގައި އޮންނަ މިންވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވެ ދެބަސްވަމާ އެޕިސޯޓް 8

މިސާލަކަށް އޭނާ ނެންގެވީ ސަރުކާރުން އެކި ކުންފުނިތަކަށް ފައިސާ ނުދެވި ލަސްވާ މައްސަލަ އެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް އަރާފައިވުމެވެ. 

500 މިލިއަން ޑޮލަރުގެ ސްކޫކަށް ހަދާނީ ކިހިނެއް؟

އޭނާ ދެން ފާޅުކުރެއްވި އަނެއް ބޮޑު ކަންބޮޑުވުމަކީ މިއަހަރު ރާއްޖެއިން ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކް ދެއްކުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު އެ ފައިސާ އަނބުރާ ދައްކަން ސަރުކާރުން ވިސްނާފައިވާ ގޮތް ސާފުނުވުމެވެ. އޭނާ ދެކޭ ގޮތުގައި ސްކޫކް ރީފައިނޭންސް ކުރަން ވިސްނާ ގޮތްތަކާއި އޭގެ މާލީ ބުރައަކީ ކޮބައިކަން ދުރާލާ ރައްޔިތުންނަށް ބުނެދޭން ޖެހޭނެ އެވެ.

"ސްކޫކް ރީފައިނޭންސް ކުރަން އަސްލު މިދިޔަ އަހަރު ދާން ޖެހޭނެ ބާޒާރަށް. ނުދިޔައިމާ އޭގެ ކޮސްޓް އިންޓަރެސްޓް ބޮޑުވެގެން މި އުޅެނީ. އެ ވަގުތު ދިޔައީ. އެެހެން ވީޟާ ރައްޔިތުންނަށް އަދި ބާޒާރުގެ ކޮންފިޑެންސަށް ވެސް ބުނެދޭން އެބަ ޖެހޭ ސަރުކާރުން ރާވާފައިވާ ގޮތްތަކެއް،" ސަރުވަޝް ވިދާޅުވި އެވެ. 

ކޮމެންޓް (3)

ސައިލެންޓު އޮބްޒާވާ

24 ޖެނުއަރީ 2026
މީހަކަށް ނޭގި ކަމެއް ކުރެވުނީމާ އޭނާއަށް ބައެއްފަހަރު މަޢާފު ދެވޭ. މީގެން އެގޭ އެއްޗަކީ ޝަރުވަޝް އަކީވެސް މައްސަލައިގެ ބައެއްކަން. އަދި އެކަން ކުރީ އެނގިހުރެ. އޭރަކު ތިބުނާގޮތަށް އިސްތިއުފާދީ ތިވާހަކަ މީހުންނަށް ސާފުކޮށް ކިޔައިދީފައެއް ނެތް. ދެން ކިތަންމެ ޤަބޫލުކުރަން ބޭނުންވިޔަސް ސިޔާސީކުލަ ޖެހުނީމާ މިވާހަކަ ޤައުމުގެ 50% މީހުން އަޑެއް ނާހާނެ. އެހެންވެ އަސްލު ޓެކްނިކަލް މީހުން ނިއުޓްރަލް ކޮށްތިބެން ޖެހެނީ. ދަރަންޏޭ ޑެފިސިޓޭ ކިޔާއިރު ބަޖެޓު ސެކްޝަނުގެ ހެޑް ތީ. އޭރު ސަރުކާރުން ބުނާހާ ގޮތަކަށް ހެދީ. ދެން ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައިމާ ޒިންމާ ނުނަގާން އިސްތިއުފާދިނީ. އެންމެން އޭރު ހީކުރީ 2025 ގައި ބަނގުރޫޓޫވާނެކަން އެކަމަކު އެހެނެއް ނުވި. ސަރުކާރުގެ ބޭކާރު ޚަރަދު ގިނަ. އެހެނަސް ޝަރުވަޝްގެ ބާހާއި ޢަމަލާ ދިމާ ނުވޭ. ކުރިން ކުރި ކަންތަކަށް ރައްޔިތުން ކިބައިން މަޢާފަށް އެދެންޖެހޭ
8 5

ކޮސް

24 ޖެނުއަރީ 2026
ޑޮލަރގެ ކަޅުބާޒާރު ނިމުމަކަށް އަންނާނީ 2028 ގައި މުއިއްޒުގެ ވެރިކަން ނިމިގެން. ކުރިމަތީގައި އޮތް އިންތިހާބުގައި ރައްޔިތުންގެ ބާރުދައްކާލުން ނޫންގޮތެއްނެތް!!
5 5

އެފް.އީ

23 ޖެނުއަރީ 2026
ޝަރުވާޒް މެން ތިބެގެން ކުރީ ސަރުކާރުން މިލޯންތައް ނެގި އިރު އަހަރުމެނަށް އެންގިންތަ؟ ހުރިހާ ކަމެއް ކުރީ ކަލޭމެން މިހާރި ކޯންޗެއް ތިކިޔަނީ؟
9 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް