ބްލޫ ލެގޫން އެޕާޓުމެންޓުތަކުގެ މަސައްކަތް ކުރިއަށްދަނީ

ބްލޫ ލެގޫންގެ ޕާލް ޓަވަރުގެ އެޕާޓުމެންޓުތައް ބުކް ކުރަން ހުޅުވާލައިފި

ބްލޫ ލެގޫން ޕްރޮޖެކްޓުގައި ޖުމްލަ 250 ޕްރިމިއަމް އެޕާޓުމެންޓު ތަރައްގީ ކުރާނެ؛ މި ހުރިހާ ތަނެއް ވެސް ޑިޒައިންކޮށްފައި ވަނީ ތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ އަދި އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސްގެ ދެވަނަ ޓަވަރު، ޕާލްގެ އެޕާޓުމެންޓުތައް ބުކް ކުރަން ހުޅުވާލައިފި އެވެ.

މި މަޝްރޫއުގެ ޑިވެލޮޕަރު، ވީސީއައިއެލް އިން ވަނީ އެ ކުންފުނިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފަ އެވެ.

ބްލޫ ލެގޫންއަކީ ރާއްޖޭގެ ލަގްޒަރީ ހައުސިން މާކެޓަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ. ލަގްޒަރީ ހައުސިންގައި ހުންނާނެ ހުރިހާ ސިފަތަކެއް ފުރިހަމަކޮށް ތަރައްގީ ކުރާ ބްލޫ ލެގޫން ހައުސިން ޕްރޮޖެކްޓަކީ އާއިލާތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. ފަހުގެ އެޕާޓުމެންޓުތަކުގައި ހުންނާނެ ގިނަ ކުލަތަކާއި ސިފަތައް މި އެޕާޓުމެންޓުތަކުން ފެންނާނެ އެވެ.

ޕާލް ޓަވަރުގެ ފުރަތަމަ 10 ފަންގިފިލާގެ އެޕާޓުމެންޓުތައް ބުކް ކުރަން ހުޅުވާލާފައިވާއިރު މި ޓަވަރު ހުންނާނީ ހުޅުމާލެ ދެ ފިޔަވަހި ގުޅުވާލާ ބްރިޖާ ކައިރީ މެރީނާ ވިއުއަކާ އެކު އެވެ.

މީގެ އިތުރުން، މި މަޝްރޫއުގައި ހިމެނޭ ކޮރަލް ޓަވަރުގެ 13، 14 އަދި 15 ވަނަ ފްލޯގެ އެޕާޓުމެންޓުތައް ބުކް ކުރަން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ބްލޫ ލެގޫންގެ އެޕާޓުމެންޓުތައް ބުކް ކުރަން ފުރަތަމަ ހުޅުވާލިއިރަށް ވުރެ އެޕާޓުމެންޓުތަކުގެ އަގު މިހާރު ވަނީ %15 އުފުލިފަ އެވެ. މިހާރު ބުކް ކުރަން ހުޅުވާލާފައިވާ 50 އެޕާޓުމެންޓަށް ކަނޑައަޅާފައިވާ ހާއްސަ އަގު، މިހާރު އެޕާޓުމެންޓު ބުކް ކުރަން ހުޅުވާލާފައިވާ ފުރުސަތަށް ފަހު އަލުން އުފުލޭނެ ކަމަށް ބެލެވެ އެވެ.

  • މިިދިޔަ އޮގަސްޓު މަހު މި އެޕާޓުމެންޓުތައް ބުކް ކުރަން ހުޅުވާލި ފުރުސަތުގައި ހާއްސަ އަގުތަކަކާއެކު އެޕާޓުމެންޓު ގަތުމުގެ ފުރުސަތު ލިބިގެންދިޔަ

ބްލޫ ލެގޫން އެޕާޓުމެންޓުތައް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

ބްލޫ ލެގޫން ޕްރޮޖެކްޓުގައި ޖުމްލަ 250 ޕްރިމިއަމް އެޕާޓުމެންޓު ތަރައްގީ ކުރާނެ އެވެ. މި ހުރިހާ ތަނެއް ވެސް ޑިޒައިންކޮށްފައި ވަނީ ތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ އަދި އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ތަނުގައި ދިރިއުޅޭ މީހުންނަށް ޕްރައިވެސީ ކަށަވަރުވާނެ ގިނަ ސިފަތަކެއް ހިމަނައިގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ އެންމެ ކުޑަ 2 ކޮޓަރީގެ އެޕާޓުމެންޓުތަކުގައި ވެސް 1،035 އަކަފޫޓު ހުންނާނެ އެވެ.

މީގެ އިތުރުން ބްލޫ ލެގޫން ޕްރޮޖެކްޓުގެދަށުން ދެން ތަރައްގީ ކުރަނީ:

  • 2 ކޮޓަރީގެ ލަގްޒަރީ އެޕާޓުމެންޓުތައް – 1،280 އަކަފޫޓު؛ މިއީ މަތީފަންތީގެ ދިރިއުޅުމަށް ހާއްސަކޮށް ޑިޒައިންކޮށްފައިވާ އެޕާޓުމެންޓުތަކެއް

  •  2+1 ކޮޓަރީގެ އެޕާޓުމެންޓުތައް - 1،340 އަކަފޫޓު

  • 3 ކޮޓަރީގެ އެޕާޓުމެންޓުތައް - 1،795 އަކަފޫޓުން ފެށިގެން

  • ބްލޫ ލެގޫންގެ 2+1 އަދި 3 ކޮޓަރީގެ އެޕާޓުމެންޓުތައް ޑިޒައިންކޮށްފައި ހުންނާނީ ކްރޮސް ވެންޓިލޭޝަން އަދި ގުދުރަތީ އަލި ލިބޭ ގޮތަށް؛ މި ހުރިހާ އެޕާޓުމެންޓަކަށް ވެސް އިރު އަރާ އަދި އޮއްސޭ ހިތްގައިމު މަންޒަރު ފެންނާނެ

  • ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގައި ގާތްގަނޑަކަށް 450 އަކަފޫޓުގެ 'ޑެކް ބެލްކަނި' ހުންނާނެ

  • މިއީ އާންމުކޮށް ގޭގޭގައި ހުންނަ ބެލްކަނިތަކަށް ވުރެ ޖާގަ ތަނަވަސް ހިތްފަސޭހަ ފީޗާއަކަށް ވާނެ

މީގެ އިތުރުން، ދެ ކޮޓަރީގެ ލަގްޒަރީ އެޕާޓުމެންޓުތަކުގައި ގެއަށް ޒިޔާރަތް ކުރާ މެހުމާނުން ބޭނުން ކުރަން ހާއްސަ ޕައުޑާ ރޫމް ވެސް ހުންނާނެ އެވެ. ބްލޫ ލެގޫންގެ މި ޖާގަ ތަނަވަސް، ސެމީ ފާނިޝްޑް ހުރިހާ އެޕާޓުމެންޓެއްގައި ވެސް ހިމަނާފައިވާ ޒަމާނީ އަނެއް ސިފައަކީ ވޯކް-އިން ވޯޑްރޯބެވެ.

ބްލޫ ލެގޫން އެޕާޓްމަންޓްތައް ތަރައްގީ ކުރަނީ ހަމައެކަނި އެޕާޓުމެންޓު ކޮމްޕްލެކްސްއެއްގެ އިތުރަށް އާއިލާތަކަށް އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ތަނެއްގެ ގޮތުގަ އެވެ.

ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށް އެޕާޓުމެންޓުތަކުގެ ވާޗުއަލް ޓުއާއެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް