އެންޒީގެ މާފަންނު ފިހާރަ (ފޮޓޯ/އެންޒީ)

އެންޒީ

އެންޒީގެ ފިހާރައެއް މާފަންނުގައި ހުޅުވައިފި

އެންޒީ އިން ބުނީ މާފަންނުގައި ހުޅުވި ފިހާރައާ އެކު އެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު އެ ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް

އެންޒީގެ އާ ފިހާރައެއް މާފަންނު ބިސްބުރު ކައިރީ މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - އެންޒީގެ އެހެން ފިހާރަތަކުން ވެސް ވިއްކާ ތާޒާ ރޯމަހާއި ބޭކަރީ އައިޓަމްސް އަދި ރާއްޖޭގައި އުފައްދާ ދިވެހި ކާނާގެ އުފެއްދުންތައް މި ފިހާރައިން ވެސް ލިބޭނެ އެވެ.

ތަފްސީލް - އެންޒީގެ ފިހާރަތަކުން ވިއްކާ، ކަސްޓަމަރުންގެ މެދުގައި މަގުބޫލު އައިޓަމްތަކުގެ ތެރޭގައި:

  • ތާޒާ ރޯމަހާއި ފަރުމަސް

  • ޕާނާއި ބަނަސް ފަދަ ބޭކަރީ އައިޓަމްސް

  • އެންޒީ ރިހާކުރު

  • އެންޒީ ޗިލީ ސޯސް

  • ވަޅޯ މަސް

އެންޒީ އިން ބުނީ މާފަންނުގައި ހުޅުވި ފިހާރައާ އެކު އެ ސަރަހައްދުގައި ދިިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު އެ ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.

  • އެންޒީ އިން ވިއްކާ މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ

  • އެންޒީއިން ބުނީ ވަރަށް އަވަހަށް ހޯމް ޑެލިވަރީގެ ހިދުމަތް ވެސް ފަށާނެ ކަމަށް

އެންޒީއިން މާފަންނުގައި ހުޅުވި ފިހާރައިގެ އިތުރުން މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ ދެ ފިހާރަ ހިންގަ އެވެ.

އެންޒީގެ ފިހާރަތައް ހުންނާނީ:

  • އެންޒީ 5؛ ދޮންއަދަރާދަ ހިނގުން (މާލެ) ސްޓެލްކޯ ކައިރި - ފޯން: 7248899

  • އެންޒީ 2؛ އިރުދޭމާ ހިނގުން (ހުޅުމާލެ) ގާޒީ ސްކޫލު ކައިރި - ފޯން: 7258899

  • އެންޒީ މާފަންނު؛ ހިލާލީ މަގު (މާލެ) ބިސްބުރު ކައިރި - ފޯން: 7288899

އެންޒީގެ ފިހާރަތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:30 އިން ރޭގަނޑު 10:30 އަށެވެ.

ހުކުރު ދުވަސްތަކުގައި ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 6:30 އިން 10:30 އަށް އަދި މެންދުރު ފަހު 2 އިން ހަވީރު 5 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް