ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް

މި ޕާޓްނާޝިޕްގެ ދަށުން ކުރިއަށް އޮތް 3 އަހަރު ގައުމީ ފިރިހެން، އަންހެން އަދި ޔޫތު ފުޓްބޯޅަ ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެމްއެލް

ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުތައް ކުރިއަށް އޮތް 3 އަހަރަށް ސްޕޮންސާކޮށް އެފްއޭއެމް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ

  •  ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

  • އެފްއޭއެމްގެ ފަރާތުން ރައީސް އަހުމަދު ތޯރިގު

ތަފްސީލް - މި ޕާޓްނާޝިޕްގެ ދަށުން ގައުމީ ފިރިހެން، އަންހެން އަދި ޔޫތު ފުޓްބޯޅަ ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެމްއެލް އެވެ.

ބުނީ ކީކޭ؟ -  ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފްއޭއެމް އާއެކު ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން." ޝަރީފް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވީ ބީއެމްއެލް އިން އެފްއޭއެމް އާ އެކު ޕާޓްނާޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް  ކުރަމުން އަންނަ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ."

ބީއެމްއެލް އިން ވަނީ މީގެ ކުރިން ވެސް ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަކޮށްފަ އެވެ.

ކޮމެންޓް (1)

ހަތަރެސްކަން

23 ޑިސެމްބަރު 2025
ސޮއިކުރެވިގެން މި ދިޔަ ސްޕޮންސަރޝިޕްގެ ދަށުން، ބޯޅަ ކުޅޭ ކޮންމެ ދަނޑެއްގެ ދެކޮޅުގައި ދެ އޭޓީއެމް ބެހެއްޓިގެންދާނޭކަމަށް އުންމީދުކުރަން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް