މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

މިފްކޯ

މާދަމާއިން ފެށިގެން 1 ކިލޯއިން މަތީގެ މަސް ވެސް 16ރ. އަށް ގަންނާނެ: ރައީސް

ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރެއްވި ގޮތުގައި މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ ރޭޓު ވެސް ހެޔޮކުރާނެ

މާދަމާއިން ފެށިގެން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ އަށް ގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ މަސްވެެރިންގެ ދުވަސް ފާހަގަކުރަން މިރޭ ރ. ދުވާފަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު އެ އަގުގައި ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށާއި ނަމަވެސް މާދަމާއިން ފެށިގެން އެއް ކިލޯއިން މަތީގެ މަހަށް ވެސް އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - "މިއަދުން ފެށިގެން ގެންނަ މައިގަނޑު ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

"އެންމެ ދަށްވެގެން 16ރ.އަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ އެ ދުވަހަކު މިފްކޯއަށް 17ރ. އަށް ގަނެވެންޏާ، 18ރ.އަށް ގަނެވެންޏާ އަދި އެއަށް ވުރެ ވެސް މަތީ އަގަކަށް ގަނެވެންޏާ މިފްކޯއިން ކަނޑައަޅާނެ. އެންމެ ދަށްކޮށް 16ރ. އަށް."

މީގެ އިތުރުން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ ރޭޓު ވެސް ހެޔޮކޮށް، އެކަން ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.

އެ ބަދަލާ އެކު މާދަމާއިން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ އެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ ނަމަ ތެޔޮ ލިޓަރަކުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ އެވެ.

އެއީ:

  • މަސްކިރާ ހުރިހާ ދޯނިތަކަށް 13.90ރ އަށް

  • 3 ޓަނަށް ވުރެ އިތުރަށް ކިރާ ދޯނިތަކަށް 13.72ރ

  • އާންމުނަނަށް14.43ރ އަށް ތެޔޮ ލީޓަރެއް ވިއްކާނެ

ރައީސް ވިދާޅުވީ

  • ބޭނުންފުޅުވަނީ މަސްވެރިންނާ ގާތުން މަސައްކަތް ކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން ކަމަށް

  • އެ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު މަސްވެރިންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވި

  • މަސްވެރިކަމުގެ ސިނާއަތަށް ސިޔާސީ އޮއިވަރު ވައްދައިގެން އުޅޭ އުޅުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންނެވި

  • ހުސް ދިވެހިން މަސައްކަތް ކުރާ ސިނާއަތަކަށް މަސްވެރިކަން ހަދަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ކޮމެންޓް (1)

ހަސަން2343

14 ޑިސެމްބަރު 2025
16 ރުފިޔާއަށް މަސްގަންނަން ދައުލަތުގެ ޓެކްސް ޕޭޔާރސް މަނީ އިން ސަބްސީޑީ ދީގެން ، މިފްކޯ އުވާލާފައި އަމިއްލަ ފަރާތް ތަކަށް ދޭން ވީ ،، ވޯޓު ލާ މެޖޯރިޓީގެ މަދުބަޔެއް މަސްވެރިން ނަކީ ،، މިހާރުވެސް މަސްވެރިންހާ މުއްސަދި ބަޔެއް ރާއްޖޭގައި ނެތް ،، އެމީހުން ބަންނަ އޮޑިފަހަރަށް އެރީމަ އިގޭނެ އެކަން ..
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް