ވިލާ އެއާގެ ސީޕްލޭން (ދައުރު ފޮޓޯ)

ވިލާ އެއާ

ވިލާ އެއާއިން ސީޕްލޭންގެ ދަތުރުތައް ފަށައިފި

ވިލާ އެއާ އިން ސީޕްލޭންގެ ހިދުމަތް ފެށުމަށް ޓްވިން އޮޓާގެ ދެ ބޯޓު ވަނީ ގެނެސްފައި

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން އަންނަ ވިލާ އެއާ އިން ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ އެއާލައިނުން މި ހިދުމަތް ފެށީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ ގްރޫޕުން ހިންގާ، އދ. ވިލާ ޕާކް ސަން އައިލެންޑް ރިސޯޓާ ދެމެދު އެވެ.

ތަފްސީލް - ވިލާ އެއާ އިން ސީޕްލޭންގެ ހިދުމަތް ފެށުމަށް ޓްވިން އޮޓާގެ ދެ ބޯޓު ވަނީ ގެނެސްފަ އެވެ. އެގޮތުން:

  • އެ އެއާލައިނުން ސީޕްލޭންގެ ހިދުމަތް ފަށަން އުޅޭތާ މަސްތަކެއް ވެއްޖެ

  • ހިދުމަތް ފެށުން ލަސްވީ އޮޕަރޭޝަންތައް ފަށަން ބޭނުންވާ ހުއްދަތައް ލިބުން ލަސްވެގެންކަން އެނގިފައިވޭ

އެ އެއާލައިނުގެ އެތެރޭގެ އުދުހުންތަކުގައި މިހާރު ބޭނުން ކުރަނީ އޭޓީއާރު މަރުކާގެ އެއް ބޯޓެވެ. އޮޕަރޭޝަން ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އދ. މާމިގިއްޔާ ދެމެދު އެވެ.

މިވަގުތު ރާއްޖޭގައި އިތުރު ތިން އެއާލައިނަކުން ސީޕްލޭންގެ ހިދުމަތްދެ އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ އިތުރުން މަންޓާ އެއާ އަދި ގައުމީ އެއާލައިން މޯލްޑިވިއަން އެވެ.

ގުޅުން ހުރި - ފްލައިމީގެ ނަމުގައި ވިލާ އެއާ ހިންގި ދުވަސްވަރު ސީޕްލޭންގެ ގޮތުގައި ބޭނުން ކުރާ އެއް ބޯޓް ގެންގުޅުނެވެ. ނަމަވެސް އެ ބޯޓް އާންމުކޮށް ބޭނުން ކުރަމުން ދިޔައީ ފޮޓޯ ފްލައިޓްތަކުގެ ގޮތުގަ އާއި ބައެއް ޗާޓާ ދަތުރުތައް ކުރުމުގަ އެވެ. ފަހުން އެ އެއާލައިނުން އެ ބޯޓު ވިއްކާލީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް