ބީއެމްއެލް މިއަދު ބޭއްވި ރަސްމިއްޔާތު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބީއެމްއެލްގެ އޭޓީއެމް ރާއްޖޭގެ ހުރިހާ ރަށެއްގައި ބަހައްޓައިފި
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބާސެލޯ ނަސަންދުރަގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގައި މަސައްކަތް ކުރި ބޭންކުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. މުވައްޒަފުންނާ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމަށް އެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.
'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް'ގެ ނަމުގައި ފެށި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެގޮތުން:
-
9 މަސްދުވަސް ތެރޭ ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައި
-
މަ މަޝްރޫއު ކުރިއަށް ގެންދިޔައީ މީގެ ކުރިން ބޭންކުން އޭޓީއެމް ގާއިމުކުރުމަށް ކޮށްފައިވާ ހަރަދާ އަޅާބަލާއިރު %33 ކުޑަކޮށް
ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއަދު ހާސިލްކުރެވުނީ މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ހިދުމަތް ލިބޭނެ. މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވަނީ ބޭންކުގެ މުވައްޒަފުން އެ މަޝްރޫއުގައި ކުރި މަސައްކަތް ވެސް ފާހަގަ ކުރައްވައިފަ އެވެ.
ކޮމެންޓް (1)
ތެފައާސާ.