ކެޓްރީނާ ކެއިފް.
އެމްބެސެޑަރަކަށް ހަމަޖެއްސިތާ 4 މަސް ފަހުން ރާއްޖެ އިޝްތިހާރު ކުރާ ވީޑިއޯއެއްގައި ކެޓްރީނާ
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސިތާ ހަތަރު މަސް ފަހުން ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް ރާއްޖެ އިޝްތިހާރުކުރާ ވީޑިއޯއަކުން ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ކެޓްރީނާ، 'ސަނީ ސައިޑް އޮފް ލައިފް'ގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސީ މިދިޔަ 10 ޖޫންގަ އެވެ.
ތަފްސީލް - ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއަކުން ކެޓްރީނާ ފެނިގެންދެ އެވެ. އެ ވީޑިއޯގައި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފު ކުރަމުން ކެޓްރީނާ ވަނީ 'ސުވަރުގެއެއް ފަދަ ރާއްޖެ' ތަޖުރިބާކޮށްލުމަށް ދައުވަތު ދީފަ އެވެ.
ވިޒިޓް މޯލްޑިވްސް އިން މީގެ ކުރިން ބުނީ ކެޓްރީނާއާ އެކު މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ދިރުންތައް އަދި މަތީފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަމަށެވެ.
We’re thrilled to welcome Katrina Kaif as a Visit Maldives Global Ambassador! Through her presence on the global stage, beauty, culture and unique spirit of the Maldives will reach new eyes and inspire curiosity across the world. 🌟 #visitmaldives #katrinakaif #sunnysideoflife pic.twitter.com/BYeQarokOg
— Visit Maldives (@visitmaldives) October 10, 2025
ކެޓްރީނާއަކީ ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. މީގެ އިތުރުން، އިންޑިއާގެ ބިއުޓީ ބްރޭންޑް، 'ނައިކާ'އާ ގުޅިގެން އޭނާގެ އަމިއްލަ މޭކްއަޕް ބްރޭންޑެއްގެ ވިޔަފާރި ވެސް ކުރެ އެވެ.
އޭނާއަކީ ދުނިޔޭގައި ވެސް މަގުބޫލު ފަންނާނަކަށްވާތީ، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރުމަށް ކެޓްރީނާއާ އެކު މަސައްކަތް ކުރާނެ އެވެ.
ކޮމެންޓް (1)
ކޮސް