ބާޒާރުގައި ވިއްކަން ހުރި މޭވާ (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

އިންފްލޭޝަން

އެއް މަސް ތެރޭ މޭވާގެ އަގު %6 އުފުލިއްޖެ

އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު ގިނަ ތަކެތީގެ އަގުތައް ވަނީ އުފުލިފައި؛ އޭގެ ތެރޭ މޭވާ އާއި ތަރުކާރީގެ އިތުރުން ކޮފީ އާއި ރީތިވާ ސާމާނު ވެސް ހިމެނޭ

މި އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މޭވާގެ ބާވަތްތަކުގެ އަގު ނިމުނު އޮގަސްޓު މަހު %6 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެ އިދާރާ އިން އަންގާރަ ދުވަހު އާންމު ކުރި ހިސާބުތަކަށް ބަލާއިރު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްތު މަހު ކާބޯތަކެތީގެ އަގު ވަނީ ޖުމްލަ ގޮތެއްގައި އުފުލިފަ އެވެ.

ތަފްސީލް - އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ އެކު އެމްބީއެސް އިން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ކާބޯތަކެތީގެ އަގު ވަނީ %1.62 އުފުލިފަ އެވެ.

  •  މޭވާގެ އަގުތައް %6.13 އުފުލުނު އިރު ތަރުކާރީގެ އަގުތައް %2.23 އުފުލިފައިވޭ

  • އެއްގަމު މަހުގެ ބާވަތްތަކުގެ އަގުތައް %0.78 ވަނީ ދަށްވެފައި

އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު ކާބޯތަކެތީގެ އަގުތައް އުފުލިފައިވަނީ %1.96 އަށެވެ.

  • މިދިޔަ އަހަރުގެ އޮގަސްޓާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މޭވާގެ އަގުތައް %10.20 ވަނީ އުފުލިފައި

  • ތެލާއި ބަޓަރު ފަދަ ބާވަތްތަކުގެ އަގު %5.34 އުފުލިފައިވޭ

  • ތަރުކާރީގެ އަގު ވަނީ %6.32 ދަށްވެފައި

ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ސައިފަތާއި ކޮފީ ފަދަ ތަކެތީގެ އަގު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ.

އެގޮތުން:

  • ކޮފީ/ކޮފީ ސަބްސްޓިޓިއުޓުގެ އަގު %0.59 ދަށްވެފައި

  • ސައިފަތް ފަދަ ތަކެތީގެ އަގު %0.40 ދަށަށް ގޮސްފައި

ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު ކޮފީ ފަދަ ތަކެތީގެ އަގު %8.75 ވަނީ އިތުރުވެފަ އެވެ. މޭވާ އާއި ތަރުކާރީން އުފައްދާ ޖޫހުގެ އަގު ވެސް %6.97 އިތުރުވެފައިވާ ކަމަށް އެމްބީއެސްގެ ހިސާބުތައް ދައްކަ އެވެ.

އާންމުކޮށް ބޭނުންކުރާ ސާމާނުގެ އަގަށް އައިސްފައިވާ ބަދަލުތައް

  • ސީރިއަލް އަދި އެފަދަ ކާނާގެ އަގު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު %0.20 އަގު ދަށްވި. ނަމަވެސް މިދިޔަ އޮގަސްޓުމަހާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މިފަދަ ތަކެތީގެ އަގު %1.82 ބޮޑުވެފައި

  • ކަނޑުމަހުގެ އަގު ޖުލައި އާ އަޅާ ބަލާއިރު އޮގަސްޓު މަހި %0.72 ބޮޑުވި. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު، ކަނޑުމަހުގެ އަގު %0.49 ބޮޑުވި

  • ކިރާއި ބިސް ފަދަ ތަކެތީގެ އަގު އޮގަސްޓު މަހު ވަނީ %0.53 ބޮޑުވެފައި. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %4.04 އަގު އުުފުލިފައި

  • ޕާސަނަލް ކެއާ ނުވަތަ ރީތިވާ ސާމާނުގެ އަގު ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު %0.38 ބޮޑުވި. މިދިޔަ އަހަރުގެ އޮގަސްޓާ އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓު މަހު މި ތަކެތީގެ އަގު %4.33 އަގު އުފުލިފައި

ކޮމެންޓް (1)

ތެފައާސާ.

4 ސެޕްޓެމްބަރު 2025
ވެރިކަމަށް އަންނަންވެގެން ގޮވީ އަރަބިން ކައިގެން ތިބިއްޔާ ދިވެހީން ތިބޭނީ ކައިގެންނޭ ކާށިދޫ ކަނޑުން ތެޔޮހޮޅިވެސް ނެރޭނަމޭ. ވެރިކަމަށް އާދެވުނީމާ ފޯކަސް ހުރީ ބޭރުގައުމުތަކަށް ދަތުރު އެޅުމާއި ޖުޑިޝަރީއާއި ހުރިހާ މިނިވަން މުއައްސަސާތަކެއް އަތްދަށުލުމާއި މީޑިއާވެސް އަޅުވެރިކުރުމާއި މިކަހަލަ މިކަހަލަ ކަންކަމަށް. ރައްޔިތުން ތިބީ ކައިގެންތޯ ތަށަށް ކިޔަނީ މަރިޔަނބުތޯވެސް އަހާނުލާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް