ހިޓާޗީ އޭސީ (ފޮޓޯ/އެސްޓީއޯ)
ހިޓާޗީ އޭސީ: ކަރަންޓު ހަދަރު ކުޑަކޮށްދޭ، ރާއްޖޭގެ ތިމާވެއްޓާ ވެސް އެންމެ ގުޅޭ އޭސީ
ފިނި ކުރުމުގެ ޓެކްނޮލަޖީގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ހިޓާޗީ އެއާކޮންޑިޝަނާ އަކީ ރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ، ރާއްޖޭގެ މޫސުމީ ހޫނުގައި ވެސް އެންމެ އެކަށީގެންވާ ފިނިހޫނުމިން ބަހައްޓައިދޭނެ އޭސީ އެކެވެ.
ރާއްޖޭގައި ހިޓާޗީ އޭސީ ވިއްކަނީ އެސްޓީއޯ އިންނެވެ. މިއީ ރާއްޖޭގެ ގޭބީސީތަކާއި އޮފީސްތައް އަދި ރޮސޯޓުތަކާއި އެއާޕޯޓުތަކުގައި ވެސް އެންމެ އިތުބާރާއެކު ބޭނުން ކުރަމުން އަންނަ އޭސީ ބްރޭންޑެވެ.
ޖަޕާންގެ މަޝްހޫރު ހިޓާޗީ އޭސީ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ދަށްކޮށްދޭ އޭސީ އެކެވެ.
ހިޓާޗީ އޭސީގެ ބައެއް ހާއްސަ ސިފަތައް
-
އެންޓި-ކޮރޯޝަން ޕްރޮޓެކްޝަން: އައުޓްޑޯ ޔުނިޓްތަކުގައި ލޮނުގެ ސަބަބުން ދަބަރު ޖެހުމުން ލިބޭ ގެއްލުންތަކުން ރައްކާތެރި ކުރުމަށް ޔުނިޓް ތަކުގައި ހާއްސަ ސަލާމަތީ ފަށަލައެއް ލެވިފައިވޭ
-
އިންވާޓާ ޓެކްނޮލޮޖީ: ސްމާޓް އިންވާޓާ ޓެކްނޮލޮޖީގެ ސަބަބުން ފިނިކުރުމަށް ބޭނުންވާ މިންވަރު އޮޓަމެޓިކުން ދެނެގަނެ، ފިނިކުރަން ބޭނުންވާ ޑިމާންޑާއި އެއްވަރަށް ކޮމްޕްރެސަރުގެ ސްޕީޑް ބަދަލުކޮށް ކަރަންޓަށް ހޭދަވާ މިންވަރު %40 ކުޑަ ކޮށްދޭ
-
އައިސީ ސެންސާސް: ބައެއް މޮޑެލް ތަކުގައި ހުންނަ ހިޔުމަން ސެންސިންގް ޓެކްނޮލޮޖީގެ ސަބަބުން އެ މާހައުލެއްގައި ތިބި މީހުންގެ އަދަދާއި އެއްވަރަށް ފިނި ހޫނުމިނާއި ވައި ދައުރުވާ މިންވަރު ބަދަލުކޮށްދޭ؛ މިއީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ އޭސީ ބްރޭންޑު
-
ފަޔަރ ސޭފް އިލެކްޓްރިކަލް ކޮމްޕާޓްމަންޓް: ފްލޭމް-ރިޓާޑެންޓް ޕީސީބީ އަދި ވަޔަރުތަކުގެ ސަބަބުން ކަރަންޓުގެ ސަބަބުން އަލިފާނުގެ ހާދިސާއެއްފަދަ ނުރައްކާތައް ކުރިމަތުވުމުން ދުރުކޮށްދޭ، ރައްކާތެރި ބްރޭންޑެއް
-
އާރް 32 ރެފްރިޖަރަންޓް: އާރް 32 ރެފްރިޖަރަންޓް ގޭހަކީ ތިމާވެއްޓާ ރައްޓެހި ގޭހެއް؛ ހިޓާޗީ އޭސީ އިން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކޮށްދޭ
-
ފްރޯޒް-މެލްޓް-ޑްރައި ޓެކްނިކް: މި ފީޗާ ގެ ސަބަބުން އޭސީ ތެރޭގައި އުފެދޭ ފަންގަސް އާއި ބެކްޓީރިއާ ފަދަ ޖަރާސީމުތައް ނައްތާލުމަށް އެހީތެރިވެދޭ. އޭގެ ސަބަބުން އޭސީ މެއިންޓެއިން ކުރަން ފަސޭހަވެ، ހަރަދު ކުޑަވޭ
-
އައިސް ކްލޯނިންގް: މި ފީޗާ ގެ ސަބަބުން އޭސީގެ ކޮއިލްތަކުގައި އުފެދޭ ފެން ގަނޑުކޮށް ކޮންޑެންސިންގް ޔުނިޓް ސާފުކޮށް ބަހައްޓާ، ވައި ދައުރުވުން ދަމަހައްޓާ. އެއާއެކު ގިނަ ދުވަސް ވަންދެން އޭސީ އިން ސާފު ވައި ދައުރުވުމަށް އެހީވެދޭ
ހިޓާޗީގެ ފަހުގެ ޓެކްނޮލޮޖީގެ އޭސީ ތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ އޭސީ ނިއްވާލަން ބޭނުން ކުރާ ފީޗާ ތަކެވެ.
އެގޮތުން
-
'އެއާކްލައުޑް ގޯ' ފީޗާގެ އެހީގައި ވައިފައި ބޭނުންކޮށްގެން، ސްމާޓް ފޯނަކުން ނުވަތަ ޓެބްލެޓަކުން ވެސް ވޮއިސް އެސިސްޓެންޓް ބޭނުން ކޮށްގެން އޭސީ ނިއްވާލެވޭ ފީޗާ ހިމެނޭ
-
އެއާއެކު ބޭނުން ތަނެއްގައި ހުރެގެން އޭސީ ޖައްސާ، ނިއްވާލެވޭނެ
ޖަޕާނުގެ އިނޮވޭޝަނާއި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ހިޓާޗީ އޭސީ އަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭ، ރާއްޖޭގެ މޫސުމަށް ވެސް އެކަށޭނަ، ކަރަންޓުގެ ހަރަދު ކުޑަކޮށްދޭ އޭސީ އެކެވެ.
ސާފު ވަޔާއިއެކު ހިތަށް ހަމަ ޖެހުން ގެނެސްގޭ ދިވެހީންނާއި ރައްޓެހި ހިޓާޗީ އޭސީ އެސްޓީއޯ އިން ގެނެސްދެނީ ހަމަ އެކަނި އާއްމު ގެތަކަކަށް ނޫނެވެ. ހައި ޑިމާންޑް ކޮމާޝަލް އޭރިއާ ތަކުގައި ވެސް ބޭނުން ކުރެވޭނެ މޮޑަލް ތަކުގެ ހިޓާޗީ އޭސީ އެސްޓީއޯ އިން ލިބެން ހުންނާނެ އެވެ.
އެސްޓީއޯއިން ހިޓާޗީ ބްރޭންޑު ގެންގުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވެސް ވެފައިވާއިރު ހިޓާޗީ އަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.
ހިޓާޗީ އޭސީ: ކަރަންޓު ހަދަރު ކުޑަކޮށްދޭ، ރާއްޖޭގެ ތިމާވެއްޓާ ވެސް އެންމެ ގުޅޭ އޭސީ