މިއަދު ރާއްޖެއިން ފުރި އެއާ އެރޭބިއާގެ ފަސިންޖަރުންނަށް ހިދުމަތް ދިނީ ވީއައިއޭގެ އާ ޓާމިނަލުން. (ފޮޓޯ/އެމްއޭސީއެލް)
އާ ޓާމިނަލް ބޭނުންކުރާ ފުރަތަމަ ބޭރު އެއާލައިނަކަށް އެއާ އެރޭބިއާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ބައިނަލްއަގްވާމީ ފުރަތަމަ އެއާލައިނަކަށް ޔޫއޭއީގެ ބަޖެޓު އެއާލައިން، އެއާ އެރޭބިއާ ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދުބާއީގެ ޝާރުޖާއިން އައި އެއާ އެރޭބިއާގެ އެއާބަސް އޭ320 ވީއައިއޭއަށް ޖެއްސީ މިއަދު މެންދުރު ފަހު 1:35 ހާއިރު އެވެ. އަދި މިއަދު 2:20ގައި ފުރާ އެ އެއާލައިންގެ އެހެން ފްލައިޓަކަށް ވެސް ހިދުމަތް ދެނީ އާ ޓާމިނަލުންނެވެ.
އެކަން ފާހަގަކުރުމުގެ ގޮތުން އެމްއޭސީއެލްއިން ވަނީ އެއާ އެރޭބިއާއާ ގުޅިގެން ރިބަން ކެނޑުމުގެ ގޮތުން ކުޑަ ހަފްލާއެއް މިއަދު ވީއައިއޭގައި ބާއްވާފަ އެވެ.
A ceremonial ribbon-cutting marked the commencement of @airarabiagroup inaugural flight from Terminal 1, symbolizing the official launch of operations and celebrating a proud milestone in the airport’s history. pic.twitter.com/Tfg7lmNc0p
— Maldives Airports Company Ltd (@MACLmedia) August 13, 2025
Air Arabia passengers experienced a seamless check-in for their first departure from Terminal 1 at Velana International Airport. pic.twitter.com/FgiSAnvlFv
— Maldives Airports Company Ltd (@MACLmedia) August 13, 2025
ތަފްސީލު - އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އާ ޓާމިނަލަށް އެއާލައިންތަކުގެ އޮޕަރޭޝަން ބަދަލުކުރުން ބަހާލާފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށެވެ.
ޖުލައި އާއި އޮގަސްޓުގައި ކުރިއަށްގެންދާ ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރާނީ ގިނަ ފެސިލިޓީތަކުގެ ބޭނުން ނުކުރާ ކުދި އެއާލައިންތަކެވެ. އެއީ، ތަފާސްހިސާބުތަކަށް ބަލާއިރު، އޮޕަރޭޓުކުރާ ފްލައިޓްތަކުގެ ތިންބައިކުޅަ އެއް ބައި އަދި އެއާޕޯޓުން ލަފާފުރާ ފަސިންޖަރުންގެ %12 އެވެ.
ފުރަތަމަ ފިޔަވަހީގައި އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް، އެމްއޭސީއެލްއިން މީގެ ކުރިން ބުނި އެއާލައިންތަކަކީ:
-
މޯލްޑިވިއަން
-
ޗޮންޖިން އެއާލައިންސް
-
ބިއޯންޑް
-
ޒައިމެން އެއާ
-
އޮމާން އެއާ
-
ފިޓްސް އޭވިއޭޝަން
-
ޔޫއެސް ބަންގްލާ އެއާލައިންސް
-
އެއާ އެރޭބިއާ
-
ބެންކޮކް އެއާވޭސް
-
ބެޓިކް އެއާ
ވީއައިއޭގެ އާ ޓާމިނަލް
-
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
-
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
-
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
-
457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
-
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
-
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
-
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް
ކޮމެންޓް (1)
ތެފައާސާ.