މޯލްޑިވިއަންގެ ސީޕްލޭނެއް

ކަމަދުއަށް ސީޕްލޭން ފަށަން މޯލްޑިވިއަންއާ އެކު ސޮއިކޮށްފި

ފުޅާ ދާއިރާގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ގެސްޓް ހައުސްތަކުން ގުޅިގެން އެ ރަށްރަށަށް މިހާރު ސީޕްލޭން ދަތުރުތައް އިންތިޒާމު ކުރޭ

ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަނާއި ކަމަދޫގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކަމަދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ހޯކްސް ހޮޓެލްސްގެ ފަރާތުން ޑިރެކްޓަރު ހުސެން އަމަން

  • އައިއޭއެސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް

ތަފްސީލް - ކަމަދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށުގައި ސީޕްލޭންގެ ހިދުމަތް ފެށުމަކީ އެ ރަށަށް އިގްތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

"ސީޕްލޭންގެ ހިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ ކަންތައް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށް ވާއިރުގައި، ވަރަށް ބޮޑު އިގްތިސޯދީ ފައިދާ އެއް މި ރަށަށް ކުރާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިގްތިސޯދީ ތަރައްގީއަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ސީޕްލޭން ހިދުމަތްތައް ފެށުމާ އެކު އެ ރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - ފުޅާ ދާއިރާގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ގެސްޓް ހައުސްތަކުން ގުޅިގެން އެ ރަށްރަށަށް މިހާރު ސީޕްލޭން ދަތުރުތައް އިންތިޒާމު ކުރެ އެވެ.

ކޮމެންޓް (1)

ވިސްނަވާ

11 އޯގަސްޓު 2025
ބ. އަތޮޅުގައި މީހުންއުޅޭ ކުދިކުދިރަށްރަށުގެ މީހުން އެއަތޮޅުގެ ފަޅުބޮޑު ބިންހިއްކައި ބޮޑުކުރެވެންއޮތް ގޮއިދުއަތޮޅާއި ތުޅާދޫ އަށް ބަދަކުރުމަށް ވިސްނަވާނެކަމަށް އުއްމީދުކުރަން. 13 ރަށުގައި ބަނދަރާ ފެނާނަރުދަމައާ އިދާރާތަށްހެމުގެ ބަދަލުގައި 5 ރަށުގައި މީހުން ދިރިއުޅުމުން ހަރަދުކުޑަވެ ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުނުކޮށް ސަލާމަތްކުރެވި ހުރިހާ ހިދުމަތެއް ރައްޔިތުންނަށް ފަސޭހަކަނާއެކު ލިބޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް