މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުން

މާފަރު އެއާޕޯޓް

މާފަރު އެއާޕޯޓަށް 3،000އަށް ވުރެ ގިނަ ބޭރުގެ ފްލައިޓު ޖެއްސި

އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި މާފަރުގައި ތަރައްގީކުރި އެއާޕޯޓުގެ ރަންވޭ 'ކޯޑު އީ' ފެންވަރަށް ތަރައްގީކޮށް މިއަދު ވަނީ ރަސްމީކޮށް ބޭނުން ކުރަން ފަށާފައި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ޑިސެމްބަރު 2019ގައި ފެށި ފަހުުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 3،000އަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓު އެ އެއާޕޯޓަށް އޮޕަރޭޓުކޮށްފައިވާ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާފަރު އެއާޕޯޓު ތަރައްގީ ކުރުމިގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މާފަރަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަނޭޝަނަލް އެއާޕޯޓުތައް ޖައްސާ އެއާޕޯޓު ކަމަށެވެ.

މާފަރު އެއާޕޯޓު (ފޮޓޯ/މޯލްޑިވިއަން)

ތަފްސީލް - މާފަރު އެއާޕޯޓުން މިހާތަނަށް ޖުމްލަ 250،000އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަން އިޔާސް ފާހަގަ ކުރެއްވި އެވެ. އެއީ ޖުމްލަ 9،000އަށް ވުރެ ގިނަ ފްލައިޓު ކަމަށް އޭނާ ވިދާޅުވި އެވެ.

އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި މާފަރުގައި ތަރައްގީކުރި އެއާޕޯޓުގެ ރަންވޭ 'ކޯޑު އީ' ފެންވަރަށް ތަރައްގީކޮށް މިއަދު ވަނީ ރަސްމީކޮށް ބޭނުން ކުރަން ފަށައިފަ އެވެ. 

އެނގުން މުހިންމު - ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓުގެ ޕާކިން ޖާގަ އިތުރު ކުރުމަށް މިހާރު ވެސް މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އެ މަޝްރޫއު ނިމުމުން މާފަރު އެއާޕޯޓުގައި އެއްފަހަރާ 30 ޖެޓަށް ޕާކު ކުރެވޭނެ އެވެ.

އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ފަސިންޖާ ޓާމިނަލް އިތުރަށް ބޮޑުކޮށް ލައުންޖުތަކާޢެކު ބައިނަލްއަގުވަމީ ފެންވަރުގެ ހިދުމަތްތައް ލިބޭ އެއާޕޯޓަކަށް މާފަރު އެއާޕޯޓު ހެދުމަށް މަޝްރޫއެއް ކުރިއަށް ގެންދަން އައިލެންޑު އޭވިއޭޝަނުން ވަނީ ނިންމައިފަ އެވެ.

އައިލެންޑު އޭވިއޭޝަނުން ބުނީ ނ. އަތޮޅާއި މުޅި އެ ސަރަހައްދުގެ ތަރައްގީގައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ މާފަރު އެއާޕޯޓަށް ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް އެއާލައިންތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް