މޯލްޑިވިއަންގެ އޭ330 މާފަރު އެއާޕޯޓުގައި.

މާފަރު އެއާޕޯޓް

މާފަރު އެއާޕޯޓު ތަރައްގީކޮށް ނިންމައި ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފި

މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މޯލްޑިވިއަންގެ އޭ330 މިއަދު ވަނީ އެ އެއާޕޯޓަށް ޖައްސާފައި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި އެ އެއާޕޯޓަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ދަތުރުތަކަށް ފައްކާކޮށްފައިވާ މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ވައިޑް ބޮޑީ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ރަންވޭ ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން:

  • ރަންވޭ ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން 2200 މީޓަރުގެ ރަންވޭއަށް 650 މީޓަރު ވަނީ އިތުރުކޮށްފައި

ތަފްސީލް - މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މޯލްޑިވިއަންގެ އޭ330 މިއަދު ވަނީ އެ އެއާޕޯޓަށް ޖައްސައިފަ އެވެ.

އެ އެއާޕޯޓަކީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓު (އޭޑީއެފްޑީ)ގެ އެހީގައި ތަރައްގީކުރި އެއާޕޯޓެކެވެ. އެގޮތުން:

  • އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 49 މިލިއަން ޑޮލަރު ދީފައިވޭ

  • ދެވަނަ ފިޔަވައްސަށް އެ ފަންޑުން 27 މިލިއަން ޑޮލަރު ވަނީ ދީފައި

  • އެއާޕޯޓު ފުުރަތަމަ ހުޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް

  • ބޮއިން 777 ޖެއްސޭ ފެންވަރަށް މަސައްކަތް ނިންމައި އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސް މަރުހަލާ ފުރިހަމަ ކުރުމަށް އެ އެއާޕޯޓަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ބޯޓެއް

  • ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިންމާ މިއަދު ރަންވޭ ރަސްމީކޮށް ވަނީ ބޭނުންކުރަން ފަށާފައި

ފާހަގަ ކުރެވޭ - މަތީފަންތީގެ ގިނަ ރިސޯޓުތައް ހުންނަ ސަރަހައްދެއްގައި އޮންނަ މާފަރު އެއާޕޯޓަކީ މާލެ ފިޔަވާ އެންމެ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޖައްސާ އެއާޕޯޓެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މާފަރު އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ބޮޑުކޮށް، ތަރައްގީ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (1)

ދިވެހި ރުއް

8 ޖުލައި 2025
ޝުކުރިއްޔާ ޔާމީން. ޝުކުރިއްޔާ އިބޫ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް