ހަނިމާދޫ އިންޓަނޭޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް (ފޮޓޯ/މިނިސްޓަރު މުއްތޮލިބު، އެކްސް)
ހަނިމާދޫ އެއާޕޯޓުގެ %88 މަސައްކަތް ނިމިފައި؛ އެއްކޮށް ނިމޭނީ ސެޕްޓެމްބަރަށް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ހަނިމާދޫ އެއާޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ފެންނަ ފޮޓޯތަކާ އެކު އެ މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާކުރައްވައިފަ އެވެ.
ތަފްސީލް - މުއްތޮލިބު ވިދާޅުވީ އިންޑިއާގެ އެގްޒިމް ބެންކުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން:
-
ޖުމްލަ ޕްރޮޖެކްޓުގެ %88.7 ވަނީ ނިމިފައި
-
އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައި
-
ޓާމިނަލްގެ %83 މަސައްކަތް ނިމިފައި
-
އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެނގަރު އަދި ކާގޯ އިމާރާތުގެ %96 ނިމިފައި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު
-
މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
-
މަޝްރޫއު ހިންގަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން
-
2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ
-
އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ
-
އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
ކޮމެންޓް (1)
ހުސައިން