އެޗްޑިސީން ހުޅުމާލެ ފޭސް ދޭއްގައި ގާއިމް ކުރަން ބޭނުންވާ މަތީ ފަންތީގެ ހޮޓެލް މަޝްރޫއުގެ ސާމްޕަލް ކުރެހުމެއް
މަތީ ފަންތީގެ ގެދޮރު އެޅުމުގެ އެސްއީޒެޑް އެއްބަސްވުމެއްގައި ސޮއިކޮށްފި
މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކުގައި ކުރިއަށް ގެންދަން ރާވާފައިވަނިކޮށް، އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދުނިޔޭގައި އެންމެ ފާހަގަކުރެވޭ އެއް ކުންފުންޏާއެކު ސާވިސް އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރެއްވީ
-
ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
-
ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޕާޓްނާ، މިޑްލް އީސްޓް ފިލީތް އަމަރާންޓީ
ތަފްސީލް - 'ސާވިސް އެގްރިމެންޓު ފޯ އަ ރެޒިޑެންސް ބައި އިންވެސްޓުމެންޓު ޕްރޮގްރާމު' ގެ ނަމުގައި ސޮއިކުރި އެއްބަސްވުމުގެ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އިން ދިން ތައާރަފުގައި ބުނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވިޝަން 2040އާ ސީދާ ގުޅުން ހުރި ޕްރޮޖެކްޓެއް ކަމަށެވެ.
އެ މިނިސްޓްރީ އިން ދިން ތައާރަފުގައި އިތުރަށް ބުނީ
-
ހެންލޭ އެންޑް ޕާޓްނާސް އަކީ ސިޓިޒެންޝިޕް އެންޑް ރެޒިޑެންސީ ބައި އިންވެސްޓުމެންޓު ދާއިރާގައި ދުނިޔޭގައި ވެސް އެންމެ ފާހަގަ ކުރެވޭ ކުންފުނި
-
މިއީ ރާއްޖޭގައި ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މަޝްރޫއު ކުރިއަށް ގެންދަން އަޅާ ފުރަތަމަ ފިޔަވަޅު
-
ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކޮށް، އިގްތިސޯދު ކުރިއަރުވާނެ އާ ގޮތްތައް ހޯދުމަކީ ރައީސްގެ ވިޒަން 2040ގައި ހިމެނޭ ކަމެއް
-
މިއީ ދުނިޔޭގެ އެންމެ މުއްސަނދިންނަށްނަށް އަމާޒުކޮށް ކުރިއަށްގެންދާ މަޝްރޫއެއް؛ މިއާއެކު ޓޫރިޒަމާއެކު އެެހެން ސިނާއަތްތައް ވެސް ކުރިއަރާ ރާއްޖޭން ލިބެން ހުންނަ ހިދުމަތްތައް ވެސް ތަރައްގީވާނެ
ގުޅުން ހުރި -އެސްއީޒެޑް ތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ވަނީ ނިންމައިފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެ އެވެ. އަދި މިއީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހެ އެވެ.
ޕްރޮޖެކްޓުގައި ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި:
-
ލަގްޒަރީ ވިލާ އަދި އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ގެތައް ހުންނަން ޖެހޭނެ
-
މި ސަރަހައްދުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުންނަން ޖެހޭނެ
-
އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުންނަން ޖެހޭނެ
-
މަދުވެގެން %60 ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ހަކަތަ އާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭނެ
-
ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް މަދުވެގެން ދެ ބާވަތެއް އުފައްދަން ޖެހޭނެ
-
މަތީ ފަންތީގެ މީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ބޭނުންވާނެ އެހެނިހެން ތަންތަން ގާއިމް ކުރަން ޖެހޭ
-
އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމް ކުރަން ޖެހޭނެ
ގުޅުން ހުރި - މިއަދުގެ ފޯރަމްގެ ތެރެއިން ވަނީ ސިންގަޕޫރުގެ ސިންގަޕޯ ކޯޕަރޭޝަން އެންޑް އެންޓަޕްރައިސް އާ އެކު ވެސް އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ.
މި އެމްއޯޔޫ ގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ
-
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
-
ސިންގަޕޯރިއަން ކޯޕަރޭޝަން އެންޑް އެންޓަޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ސީއީއޯ ޓޭލިއަން ޗޫ،