ސިންގަޕޫރުގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގައި ރައީސް މުއިއްޒު އާއި ބައެއް މިނިސްޓަރުން (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެސްއީޒީގެ ފުރަތަމަ މަޝްރޫއުގެ އިންވެސްޓުމެންޓު އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި އަމާޒާ ގުޅޭ މަޝްރޫއެއް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ކުރިއަށް ގެންދަން ހުއްދަ ދިން ފުރަތަމަ މަޝްރޫއު ކަމަށްވާ ފްލޯޓިން ސޯލާ ޕްރޮޖެކްޓުގެ އިންވެސްޓުމެންޓު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިއަށްދާ ރާއްޖޭގެ އިންވެސްޓު ފޯރަމްގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ރާއްޖޭގެ ފަރާތުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

  • މަސައްކަތް ކުރިއަށް ގެންދާ އޭޕީއެމް އެސްޕިވީ ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޮލްޓާ އީޑީ

ތަފްސީލް - ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެ މަޝްރޫއުގެ ދަށުން:

  • ހުޅުމާލެއާ 4-5 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި 100 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓެޔަކް ޕްރޮޖެކްޓެއް ހިންގާނެ

  • އެ މަޝްރޫއުގެ ދަށުން ބެޓަރި ސްޓޯރޭޖާއި ހުޅުމާލޭގެ ގުރިޑާ ގުޅުވައިދޭން 6.8 ކިލޯމީޓަރުގެ އިންޓަކަނެކްޝަން ސަބްމެރިން ކޭބަލެއް އަޅާނެ

  • މާލެ ސަރަހައްދުގައި އުފައްދާ ހަކަތައިގެ %50 އަކީ %100 ސާފު ހަކަތައަށް ހަދާނެ

  • ތެލަށް ކުރާ ހޭދަ 20 އަހަރު ތެރޭ 1.2 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ

މި މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި އަމާޒާ ގުޅޭ މަޝްރޫއެކެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު 2023ގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ %22 އަކީ ތެލުގެ ބާވަތްތަކެވެ. އަދި އެ އަދަދުގެ ތެރެއިން ގާތްގަނޑަކަށް %80 ހަރަދުކޮށްފައިވަނީ މެރިން ޓްރާންސްޕޯޓާއި ކަރަންޓު އުފައްދަން ބޭނުންކުރާ ޑީސަލަށެވެ.

އެނގުން މުހިންމު - އެސްއީޒީ މަޝްރޫއުގެ ހުއްދައިގެ ދަށުން ބައެއް އިތުރު މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ވެސް ޑިވެލޮޕަރަށް ތަނަވަސްވާނެ އެވެ. އޭގެ ތެރޭގައި ކޮމާޝަލް ރިއަލް އެސްޓޭޓް އަދި އިންޑަސްޓްރިއަލް ހަބެއް ހިމެނެ އެވެ. އެ މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަށް އިންވެސްޓުކުރުން އިިސްކުރުން ހިމެނެ އެވެ.

މުޅި މަޝްރޫއަށް ޖުމްލަކޮށް 187 މިލިއަން ޑޮލަރު އެ ކުންފުނިން އިންވެސްޓުކުރާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިޔާދަކުރަނިވި ހަކަތައިގެ ބަޔަށް ކުރާ އިންވެސްޓްމަންޓެވެ.

އަބްރަޒާސްއިން ރާވާފައިވަނީ، މިނިސްޓްރީން ބުނި ގޮތުގައި، އޭޕްރީލް ނިމެންވާއިރަށް މަޝްރޫއަށް މޮބިލައިޒްކޮށް، 2027އަށް އޮޕަރޭޝަނަށް ގެނައުމެވެ.

ކޮމެންޓް (1)

ފެކްޓް

1 ޖުލައި 2025
ކުރިއަށް އޮތް ވިހި އަހަރުން 1 ބިލިއަން ސަލާމަތްވާނެޔޭ!!!! ކެކެކެ ދެން މަ ހީހީ........ މިދައްކަނީ 1 އަހަރުން 1 ބިލިއަން ޑޮލަރަށްވާ ރުފިޔާ ވާނުވާއަށް ހުސްކޮށްލާ ޤައުމެއްގެ ވާހަކަވިއްޔާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް