މޯލްޑިވްސް ފުޑްކާނިވަލް 2025 ފެށުން (ދައުރު ފޮޓޯ)

ފުޑް ކާނިވަލް

މޯލްޑިވްސް ފުޑް ކާނިވަލް؛ ކާބޯތަކެތީގެ އެންމެ ބޮޑު އީދު ހުޅުމާލޭގައި ފަށައިފި

ކާނިވަލް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް؛ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11:30 އަށް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި މޯލްޑިވްސް ފުޑް ކާނިވަލް އަކީ ކާބޯ ތަކެތީގެ އެންމެ ބޮޑު އީދެވެ. މިއީ ކެއުމަށް ލޯބިކުރާ މީހުން، އެ ތައްޔާރު ކުރާ މީހުންނާ އެންމެ ގާތަށް ގެނެސްދީ ގުޅުން ބަހިކުރަން ލިބޭ ފުރުސަތެކެވެ.

ހުރިހާ އުމުރަކާ ވެސް ގުޅޭ ރަހަތަކާއެކު މި ކާނިވަލް ބާއްވާ މިއީ ތިން ވަނަ އަހަރެވެ. ފުޑް ކާނިވަލުގައި ނަން މަޝްހޫރު ރެސްޓޯރެންޓުތަކާއި ބޭކަރީތަކުގެ އިތުރުން އެންމެ މަގުބޫލު ހޯމް ކުކްސް އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރިތަކުން އެ މީހުންގެ އުފެއްދުންތަކުގެ ރަހަ ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭނެ އެވެ.

މޯލްޑިވްސް ފުޑްކާނިވަލް 2025 ފެށުން (ދައުރު ފޮޓޯ)

މީގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑުތަކުގެ ކާބޯތަކެތި އެތެރެކޮށް ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރުންނާ އެންމެ ގާތަށް އެ އުފެއްދުންތަކާއެކު އައިސް، އެތަކެތީގެ އަޖުމަ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދޭނެ އެވެ.

ކާބޯތަކެތި އުފައްދާ، ވިއްކާ ވިޔަފާރިތަކުގެ އިތުރުން ދިވެހި ކުދި ވިޔަފާރިތަކުން ހާއްސަކޮށް ހޯމް ބޭސްޑް ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ފުޑް ކާނިވަލުގެ ތެރެއިން ފެންނާނެ އެވެ.

މި އަހަރުގެ ފެސްޓިވަލް އިންތިޒާމުކޮށް، ރާވާފައިވަނީ ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން އުޅެވޭނެހެން ޖާގަ ތަނަވަސްވާނެ ގޮތަށެވެ. މިދިޔަ އަހަރުގެ ފުޑް ކާނިވަލަށް 30،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އިރު ފުޑް ކާނިވަލުގެ އެކި ޒޯންތައް ތައްޔާރުކޮށްފައިވަނީ ޖާގަ ބޮޑުކޮށެވެ.

މޯލްޑިވްސް ފުޑްކާނިވަލް 2025 ފެށުން (ދައުރު ފޮޓޯ)

މިފަހަރު ވެސް ފުޑް އެރީނާގެ އިތުރުން

  • ފުޑް އެކްސްޕޯ

  • ފުޑް ސްޓްރީޓް

  • އާޓްސް އެންޑް ކްރާފްޓްސް މާކެޓް

  • ބިންގާ ފަން ޒޯން

  • އީޒެޕް ގްރައުންޑްސް (އޭގެ ތެރޭގައި ނާމާން ގަނޑުވަރު ވެސް ހިމެނޭ)

މިއީ ކުޑަކުދިން ގޮވައިގެން ގޮސް އެކުދިންނަށް ވެސް އުފާވެރި މަޖާ ތަޖުރިބާތައް ކުރެވޭނެ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ އިވެންޓެކެވެ. ތިން ދުވަހުގެ މި ދިގު ހަފްތާ ބަންދުގައި އާއިލާތަކާއި ރައްޓެހިންގެ ގްރޫޕުތައް އެކުގައި ގޮސް ވަގުތު ހޭދަ ކޮށް، މަޖާކޮށްލާ، މީރު ރަހަތަކަށް އިންސާފުކޮށްލަން ވެސް ޒިޔާރަތްކުރަންވީ މޯލްޑިވްސް ފުޑް ކާނިވަލް އަށެވެ.

ކާނިވަލް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް؛ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ.

ފުޑް ކާނިވަލްގެ މިއަހަރުގެ ސްޕޮންސަރުން

  • ޕަވާޑް ބައި: އީޒެޕް

  • ޕްރިމިއަމް ސްޕޮންސާ: މޯލްޑިވްސް އިސްލާމިކް ބޭންކު، ދިރާގު އަދި ވިޒިޓް މޯލްޑިވްސް

  • އިވެންޓް ޕާޓްނަރު: ސޯސަން ފިހާރަ، އެޑްވެންޗާ އަޕް، ސްޓޯމް އިވެންޓްސް، ޓޫޜިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ވެމްކޯ

  • ޕިއްޒާ ޕާޓްނަރު: ޕިއްޒާ ބޯނާ

  • ޕްރިންޓިން ޕާޓްނަރު: ޕްރިންޓްވޯކްސް

  • ކޭޓަރިން ޕާޓްނަރު: ބޭކާސް ބާސްކެޓް، ޗިކިން މޯލްޑިވްސް، ގްލޯރިއާ ޖީންސް ކޮފީ އަދި މޯޓީ މަހަލް

  • އާކޭޑް ޕާޓްނަރު: އާކޭޑް ހަބް

  • ސްޓޭޖް ސްޕޮންސަރު: ޝީޝާ

  • ބެވަރޭޖް ޕާޓްނަރު: ސްޕްރައިޓް

  • ސެކިއުރިޓީ ޕާޓްނަރު: ގޭޖް

  • މީޑިއާ ޕާޓްނަރު: ދައުރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް