އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީއެއް. (ދައުރު ފޮޓޯ)

އާރުޓީއެލް ފެރީ

ރ. އަތޮޅުގައި އާރުޓީއެލް ފެރީ ފަށަނީ؛ ފުރަތަމަ ހަފްތާ ދަތުުރު ހިލޭ

ރ. އަތޮޅުގައި އާރުޓީއެލް ފެށުމުން މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު 10އަށް އަރާނެ؛ ދެން އެންމެ އަވަހަށް ހިދުމަތް ފަށާނީ ބ. އަތޮޅުގައި

ރ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ ކުރިން އެ އަތޮޅުގެ ރައްޔިތުން ދަތުރުތަކަށް އަހުލުވެރި ކުރުމަށް މާދަމާ އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.

  • މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، ށ. އަދި ނ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި  

  • ރ. އަތޮޅަށް ފަހު ދެން ހިދުމަތް ފަށަން ނިންމާފައިވަނީ ބ. އަތޮޅުގައި

  • ރ. އަތޮޅުގައި އާރުޓީއެލް ފެށުމުން މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު 10އަށް އަރާނެ

ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރ. އަތޮޅުގެ ރައްޔިތުން އާރުޓީއެލް ފެރީއަށް އަހުުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 3 ޖުލައިން ފެށިގެން ދަތުރު ކުރެވޭނީ ޓިކެޓު ނަގައިގެން ކަމަށެވެ.

  • އާރުޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ޓިކެޓު ނެގޭނެ

  • މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމަށް ކުރިއަށް ގެންދާ މުހިއްމު މަޝްރޫއެއް

އާރުޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަގުސަދަކީ، ލުއިފަސޭހަކަމާ އެކު ހެޔޮ އަގުގައި ކަނޑުމަގުން ދަތުރުކުރެވޭނެ މަގު ފަހިކުރުމާއި އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ވެސް ފައިދާވާނެ ނިޒާމެއް ގާއިމްކުރުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް