މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލެއް. މިއަހަރުގެ ފުޑް ކާނިވަލް އަންނަ ހަފްތާގެ ބުދަ ދުވަހު ފަށާނެ. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)
ފުޑް ކާނިވަލްގައި ލިވަޕޫލްގެ ފޭން ޒޯނެއް؛ ލެޖެންޑަކާ ބައްދަލު ކުރެވޭނެ
އަންނަ ހަފްތާގެ ބުދަ ދުވަހު ފަށާ މޯލްޑިވްސް ފުޑް ކާނިވަލްގައި ލިވަޕޫލްގެ ފޭން ޒޯނެއް ހިމަނަން އެމްއެމްޕީއާރުސީއިން ނިންމައިފި އެވެ.
މި މަހު 25 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެ ކާނިވަލަށް ތައްޔާރުކުރާ ލިވަޕޫލްގެ ފޭން ޒޯނަކީ، އެމްއެމްޕީއާރުސީއިން އެ ކުލަބާ އެކު ގާއިމްކޮށްފައިވާ 'ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަޝިޕް'ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ތަފްސީލު - ކާނިވަލް ފަށާ ދުވަހު ލިވަޕޫލް ފޭން ޒޯނުގައި އެ ކުލަބުގެ ލެޖެންޑެއް ކަމަށްވާ ޑާކް ކައުޓްއާ ބައްދަލުކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.
އެމްއެމްޕީއާރުސީއިން ބުނީ ލިވަޕޫލް ފޭން ޒޯނުން މީހުން ޝައުގުވެރިވާ ފަދަ ގިނަ ހަރަކާތްތައް ފެންނާނެ ކަމަށެވެ. އެ ފޭން ޒޯނުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދަން ރާވާފައިވާ ލައިވް މިނީ ގޭމްސްގެ ތެރޭގައި:
-
3×3 ފުޓްބޯޅަ ދަނޑެއް
-
ފޫސްބޯލް ސެކްޝަނެއް
-
ޕެނަލްޓީ ކިކް ޗެލެންޖު
-
1 ވީ 1 ފުޓްބޯޅަ މެޗު
-
ސީޓެޑް ސޮކާ ޗެލެންޖް
އޭގެ އިތުރުން ވީޑިއޯ ބޫތެއް ބޭނުންކޮށްގެން އެ މީހަކަށް އެންމެ މަގުބޫލު ލިވަޕޫލް ކުޅުންތެރިންނަށް މެސެޖު ފޮނުވުމާއި ކުޅުންތެރިންގެ ލައިފް ސައިޒް ކަޓްއައުޓްތަކާ އެކު ސެލްފީ ނެގުން ފަދަ ކަންކަން ވެސް އެ ފޭން ޒޯންގައި ކުރެވޭނެ އެވެ. އަދި ކާނިވަލްގެ ތެރެއިން ލިވަޕޫލްގެ ދެ ޖާޒީ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މޯލްޑިވްސް ފުޑް ކާނިވަލް
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ބާއްވާ މޯލްޑިވްސް ފުޑް ކާނިވަލަކީ ރާއްޖޭގެ އެފްއެންބީ ސިނާއަތަށް ގެނެސްދޭ ބޮޑު އީދެކެވެ. މިދިޔަ އަހަރުގެ ފުޑް ކާނިވަލްގައި 68 އެގްޒިބިޓަރުން ބައިވެރިވިއިރު 30،000 އަށްވުރެ ގިނަ މީހުން އެ ކާނިވަލަށް ޒިޔާރަތްކޮށްފައިވެ އެވެ.
މީގެ ކުރިން ބޭއްވި ފުޑް ކާނިވަލްތަކުގައި ފެނުނު ފުޑް އެރީނާ، ފުޑް އެކްސްޕޯ، ފުޑް ސްޓްރީޓް، އާޓްސް އެންޑް ކްރާފްޓްސް މާކެޓް އަދި އެކްޓިވިޓީ ޒޯން ފަދަ ހަރަކާތްތައް މި އަހަރުގެ ކާނިވަލްގައި ވެސް ފެންނާނެ އެވެ.
ކޮމެންޓް (1)
ދެކޮޅު