ޕޭޕަލްގެ އޮފީހެއް.

އެމްއެމްއޭ

ޕޭޕަލް ރާއްޖެ ނައިސް އޮތީ އެ ކުންފުނީގެ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން: އެމްއެމްއޭ

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އެމްއެމްއޭއަށް ދެވެން ހުރި މައުލޫމާތާއި އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ބުނި

ޕޭޕަލް ހިދުމަތަށް ރާއްޖޭގައި އެކަށީގެންވާ ޑިމާންޑެއް އޮތް ކަމަށް އާންމުންގެ ހިޔާލުތަކުން ދޭހަވާތީ ޕޭޕަލްގެ ސަރަހައްދީ އޮފީހާ އެކު 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މަޝްވަރާ ކުރި ކަމަށާއި އެ ހިދުމަތް އޭރު ރާއްޖޭގައި ނުފެށި އޮތީ އެ ކުންފުނީގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް މަޝްވަރާތަކުން ދޭހަވި ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓު ސިސްޓަމްތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ނުކުރެވި ވަނީ ކީއްވެތޯ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް އެމްއެމްއޭ އިން މައުލޫމާތު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ ކޮމެޓީން އެދުމުން އެމްއެމްއޭ އިން ވަނީ ޕޭމެންޓު ސިސްޓަމްތަކާއި ޑިޖިޓަލް ޕޭމެންޓު އިންފްރާސްޓްރަކްޗާއާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށް ޖަވާބު ފޮނުވައިފަ އެވެ.

ތަފްސީލް - އެ ސިޓީގައި އެމްއެމްއޭ އިން ބުނީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި ޑިޖިޓަލް ވޮލެޓުތައް ނުވަތަ ޕޭމެންޓު ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތްދީ، ހިދުމަތް ލިބިގަތުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ނުފެށި އޮތީ އެ ކަމަށް ގާނޫނީ ހުރަސްތަކެއް ހުރުމަށް ވުރެ ބޮޑަށް އެ ކުންފުނީގެ އިސްތިރާޖީ ނުވަަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް މަޝްވަރާތަކުން އެނގިފައިވާ ކަމަށެވެ.

އެފަދަ ނިންމުންތަކަކީ އާ ގައުމެއްގައި އެ ފަރާތުގެ ހިދުމަތްތައް ފެށުމަށް ނުވަތަ ފުޅާކުރުމުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން ފީޒިބިލިޓީ އެސެސްމެންޓުތައް ހަދައި އޭގެ މައްޗަށް ނިންމާ ކަންތައްތައް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އެމްއެމްއޭއަށް ދެވެން ހުރި މައުލޫމާތާއި އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ގުޅުން ހުރި - ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އޮގަސްޓު މަހު ވަނީ ވިދާޅުވެފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް