ސިލްވާ ސޭންޑްސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިލްވާ ސޭންޑްސް

ސިލްވާ ސޭންޑްސް: ޑައިވިން އާއި މޫދު ހަރަކާތްތަކުގައި ކާމިޔާބު 25 އަހަރު

ސިލްވާ ސޭންޑްސްގެ ރިހި ޔޫބީލް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި 14 މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑު ދީފައިވޭ

ޑައިވް، ވޯޓަ ސްޕޯޓްސް އަދި އެކްސްކާޝަން ދާއިރާގައި ތަޖުރިބާކާރު ސިލްވާ ސޭންޑްސް ކުންފުނީގެ ރިހި ޔޫބީލް ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - ސިލްވާ ސޭންޑްސްއަށް 25 އަހަރު ފުރުން ފާހަގަކުރީ އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުންނާއި ޕާޓްނަރުން އަދި ކްލައިންޓުންނާ އެކު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިލްވާ ސޭންޑްސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރުމްބާ ރިސޯޓުގައި ބޭއްވި ހަފްލާގެ ބައެއް ބައިވެރިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސިލްވާ ސޭންޑްސްގެ ހިދުމަތް އޮތީ ވަރަށް ބޮޑަށް ފުޅާކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ ރަސްމިއްޔާތުގައި ސިލްވާ ސޭންޑްސްއަށް މިދިޔަ 15 އަހަރު ހިދުމަތްކުރި 14 މުވައްޒަފުންގެ އަގުވަޒަންކޮށް، އެވޯޑު ދިނެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިލްވާ ސޭންޑްސްގެ މެނޭޖިން ޑިިރެކްޓަރު ހުސައިން ތައުފީގު އަލީ ވަނީ އެ ކުންފުނީގެ ޓީމަށާއި ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ މުވައްޒަފަކުން ފެށި ސިލްވާ ސޭންޑްސް ކުންފުނީގައި މިހާރު 500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.

ސިލްވާ ސޭންޑްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ދިނުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ސިލްވާ ސޭންޑްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ދިނުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސިލްވާ ސޭންޑްސްއިން ރާއްޖޭގެ 20 ތަނެއްގައި އޮޕަރޭޝަން ހިންގަ އެވެ. ތައުފީގު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު ތިން ތަނެއްގައި އެ ކުންފުނީގެ އޮޕަރޭޝަންތައް ފަށާނެ ކަމަށެވެ.

ސިލްވާ ސޭންޑްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ތައުފީގު އަލީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިލްވާ ސޭންޑްސް

ސިލްވާ ސޭންޑްސް އުފެއްދީ 2000ގައި އިންބައުންޑް ޓްރެވަލް އެޖެންސީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ސިލްވާ ސޭންޑްސް ޑައިވިން އެންޑް ވޯޓަ ސްޕޯޓްސް އިފްތިތާހުކޮށް، ޑައިވިން އާއި ވޯޓަ ސްޕޯޓްސް އަދި އެކްސްކާޝަންތަކަށް ހިދުމަތް ފުޅާކޮށްފަ އެވެ.

މިއަދު އެ ކުންފުނިން ރާއްޖޭގެ 16 ލަގްޒަރީ ރިސޯޓެއްގައި އެފަދަ 14 ސެންޓަރު ހިންގަ އެވެ.

ސިލްވާ ސޭންޑްސްގެ ބައެއް ހިދުމަތްތައް:

  • ޕީއޭޑީއައި ސާޓިފައިޑް ޑައިވިން ކޯސްތައް

  • ވޯޓަ ސްޕޯޓްސް

  • ކަސްޓަމް އެކްސްކާޝަން (ޑޮލްފިން ކުއެސްޓު، ބިގް ގޭމް ފިޝިން ފަދަ ކުޅިވަރުތައް ހިމެނޭ ގޮތަށް)

ތިލަފުށީގައި ސިލްވާ ސޭންޑްސްގެ ބޯޓު ޔާޑު ހުޅުވީ 2008ގަ އެވެ. އެ ތަން ހުޅުވީ އެ ކުންފުނީގެ އަމިއްލަ އުޅަނދުތަކަށް ހިދުމަތް ދޭން ކަމުގައި ވިޔަސް، އެކަން ވެސް ފުޅާކޮށް، ކަނޑުއުޅަނދުފަހަރުގެ މެއިންޓެއިނަންސް ހިދުމަތް ވެސް މިހާރު އަންނަނީ ދެމުންނެވެ.

ސިލްވާ ސޭންޑްސްއިން މެރިން އިކުއިޕްމަންޓް ވިޔަފާރި ފުޅާކޮށް، ސީ ގިއާގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2013 ގަ އެވެ. އެ ތަނުން ޑައިވިން، ވޯޓަ ސްޕޯޓްސް އަދި ބޯޓިން ދާއިރާގައި ބޭނުންކުރާ އެންމެ ފެންވަރު ރަނގަޅު ސާމާނު އާންމުންނަށް ގަންނަން ލިބެ އެވެ.

މެރިން ދާއިރާގެ އިތުރުން އީވޯ ހޯމްއާ އެކު ސިލްވާ ސޭންޑްސްގެ ޕޯޓްފޯލިއޯއަށް ދެން އިތުރުކުރީ ފެންވަރު ރަނގަޅު ފަރުނީޗަރެވެ.

ސިލްވާ ސޭންޑްސްގެ 25 އަހަރުގެ ދަތުރުގައި އެތައް ހާސް ފަތުރުވެރިންނަށް ރާއްޖޭގެ ކަނޑުގެ މާހައުލުގެ އަޖައިބުތައް ދައްކުވައިދީފައިވާއިރު، އެ ކުންފުނީގެ ވިސްނުމަކީ މުސްތަގްބަލުގައި އާ ހިދުމަތްތަކާއި ތަޖުރިބާތައް ތައާރަފްކުރުމެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރަން އިތުރު އަހަމިއްޔަތުކަން ދިނުމާއި ފަހުގެ ޓެކްނޮލޮޖީއާ އެކު މުޅިން އާ ހިދުމަތްތަކެއް ދިނުން ހިމެނެ އެވެ.

ސިލްވާ ސޭންޑްސްގެ އިތުރު މައުލޫމާތު:

އިތުރު އާޓިކަލް

އިތުރު އާޓިކަލް