ސިލްވާ ސޭންޑްސް: ރާއްޖޭގެ ޑައިވް އަދި ވޯޓާ ސްޕޯޓްސް ވިޔަފާރީގެ އެންމެ ކުރީގައި
މީގެ 17 އަހަރު ކުރިން 2005ގައި ސިލްވާ ސޭންޑްސް އިން ޑައިވިން އަދި ވޯޓާ ސްޕޯޓްސް ގެ ވިޔަފާރީގެ ތެރެއަށް ވަންއިރު ރާއްޖޭގެ ރިސޯޓްތަކުގައި ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހިންގަމުން އައިސްފައިވަނީ ތަފާތު ގޮތަކަށެވެ. ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ތިންވަނަ ފަރާތްތަކަށް އައުޓްސޯސް ކޮށްފައިވާއިރު އެކްސްކާޝަން އާއި މަސްދަތުރުތައް ހަމަޖައްސައި ހިންގަމުން އައިސްފައިވަނީ ރިސޯޓްތަކުން އަމިއްލައަށެވެ.
ނަމަވެސް ސިލްވަސޭންޑްސްއިން 2006 ގައި މި ވިޔަފާރިއަށް މުޅިން އާ ކޮންސެޕްޓެއް ތައާރަފްކުރި އެވެ. އެއީ ސްޓާވުޑުން ޑަބްލިއު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް ހުޅުވިއިރު ސިލްވަސޭންޑްސްއިން ދިން 'ޓޯޓަލް ސޮލިއުޝަން' އެވެ. 'ޓޯޓަލް ސޮލިއުޝަން' ކޮންސެޕްޓްގައި ހިމެނެނީ ހުރިހާ މޫދު ކުޅިވަރާއި މޫދުގައި ހިންގާ އެކި ހަރަކާތްތަކެވެ. މީގެ ތެރޭގައި ހިމެނެނީ:
-
ޑައިވިން
-
ވޯޓާ ސްޕޯޓްސް
-
އެކްސްކާޝަން
-
މެރީން ބައޯ އެކްޓިވިޓީސް
-
އެކި ވައްތަރުގެ މަސްވެރިކަން
މި 'ޓޯޓަލް ސޮލިއުޝަން' ކޮންސެޕްޓުން ރިސޯޓްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދެ އެވެ. އެއީ މި ފަދަ ޚިދުމަތްތަކަށް ރިސޯޓްތަކުން އިންވެސްޓްކުރަން ނުޖެހި އަދި އޮޕަރޭޝަނަލް ކަންތައްތަކުގެ ތެރޭގައި ވެސް ހަރަކާތްތެރިވާން ނުޖެހުމެވެ. މީގެ އިތުރަށް މިފަދަ ޚިދުމަތްތައް ހިންގުމާއި މެއިންޓެނެންސް ޚަރަދުތަކާމެދުވެސް ރިސޯޓް ހިންގާ ފަރާތްތަކުން ވިސްނާކަށް ނުޖެހޭނެ އެވެ.
'ޓޯޓަލް ސޮލިއުޝަން' ގެ ދަށުން ހުރިހާ އިކްއިޕްމެންޓްތަކާއި ބޯޓް ފަހަރުގެ މެއިންޓެނެސްކަންތައްތައް ބަލަހައްޓަނީ ސިލްވާ ސޭންޑްސް އިންނެވެ. މި މަސައްކަތްތަކަށް ހޭދަވާ ވަގުތާއި ޚަރަދުތައް، ޚާއްސަކޮށް ރާއްޖޭގެ މި ވިޔަފާރީގެ ވެށީގައި، ގިނަ ފަރާތްތަކުން އަންދާޒާކުރާ ވަރަށްވުރެ މާ ބޮޑެވެ. އެހެންކަމުން، ސިލްވާ ސޭންޑްސްއިން ފޯރުކޮށްދޭ މި 'ޓޯޓަލް ސޮލިއުޝަން' އަކީ ރިސޯޓްތައް ހިންގާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމުގައި ވާނެ އެވެ.
ސިލްވާ ސޭންޑްސްއިން ދޭ މި ޚިދުމަތްތަކުގައި އަބަދުވެސް މަސައްކަތްކުރަމުންދަނީ އެކި ހަރަކާތްތަކުން ލިބޭ އާމްދަނީ ބޮޑުކުރުމަށެވެ. އަދި ރިސޯޓްގެ ބޭނުންތަކާ އެއްގޮތަށް މަތީފެންވަރުގެ ޚިދުމަތްތަކެއް ދިނުމަށެވެ.
ސިލްވާ ސޭންޑްސްއިން 15 ރިސޯޓެއްގައި ޑައިވިން، ވޯޓާ ސްޕޯޓްސް، އެކްސްކާޝަން އަދި މަސްދަތުރުތަކުގެ ޚިދުމަތް ދެއެވެ. އެ ރިސޯޓްތަކަކީ:
-
1-
ޑަބްލިއު މޯލްޑިވްސް
-
2-
އަނަންތަރާ ދިގު
-
3-
އަނަންތަރާ ވެލި
-
4-
ނަލަދޫ މޯލްޑިވްސް
-
5-
ހުވަފެންފުށި
-
6-
ވެލެއްސަރު މޯލްޑިވްސް
-
7-
ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް (މިވަގުތު ބަންދު)
-
8-
ރޮބިންސަން ކްލަބް މޯލްޑިވްސް
-
9-
އަނަންތަރާ ކިހަވައް ވިލާސް
-
10-
ނިޔާމަ ޕްރައިވެޓް އައިލެންޑްސް (ދެ ރަށް ހިމެނޭ. އެއީ ޕްލޭ އަދި ޗިލް)
-
11-
ސެއިންޓް ރެޖިސް ވޮއްމުލި މޯލްޑިވްސް ރިސޯޓް
-
12-
ރޮބިންސަން ކްލަބް ނޫނު
-
13-
ވެސްޓިން މިރިއަންދޫ ރިސޯޓް
-
14-
ވައްކަރު މޯލްޑިވްސް
-
15-
އައުޓުރިގާ މޯލްޑިވްސް މާފުށިވަރު
މިއަހަރު ފަހުކޮޅު ބ. އަތޮޅު ފަރެސްގައި އަވާނީ މޯލްޑިވްސް ގައި ސިލްވާ ސޭންޑް ގެ އޮޕރޭޝަނެއް ފަށަންވަނީ ހަމަޖެހިފަ އެވެ.
ކޮންމެ ރިސޯޓަކަށް ޚާއްސަ ބްރޭންޑް ނަމެއް:
ސިލްވާ ސޭންޑްސްގެ މި ވިޔަފާރީގައި ޚާއްސަ އެއްކަމަކީ ކޮންމެ ރިސޯޓަކަށްވެސް އެ ރިސޯޓެއްގެ ކޮންސެޕްޓާ ގުޅޭގޮތަށް ބްރޭންޑެއް ގާއިމްކޮށްދިނުމެވެ. މިސާލަކަށް ޑަބްލިއު ރިޓްރީޓް އެންޑް ސްޕާގެ ބްރޭންޑް ނަމަކީ 'ޑައުން އަންޑާ އެންޑް ވޭވް' އެވެ. އަނަންތަރާ ކިހަވައް ގެ ބްރޭންޑަކީ 'އެލިމެންޓްސް' އެވެ.
ރިސޯޓްތަކުގެ ޚިދުމަތްތަކާ ގުޅި ލާމެހިފައި:
ސިލްވާ ސޭންޑްސްގެ މުހިންމު އަނެއް ކޮންސެޕްޓަކީ ރިސޯޓްގެ ޚިދުމަތްތަކާ ވަރަށް ފުރިހަމައަށް ގުޅުވައިލުމެވެ. ނަތީޖާއަކީ ރިސޯޓްގައި ޗުއްޓީ ހޭދަކުރާ މެހްމާނުންނަށް ސިލްވާ ސޭންޑްސްގެ ޚިދުމަތްތަކަކީ ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ޚިދުމަތެއްކަމުގައި ނުދެކުމެވެ. ސިލްވާ ސޭންޑްސްގެ މުވައްޒަފުންވެސް އެ މީހުން މަސައްކަތްކުރާ ރިސޯޓެއްގެ މުވައްޒަފުން ފުރިހަމަކުރާ އިންޑަކްޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ އެވެ. މިސާލަކަށް ޓޫރިސްޓުންނަށް މަރުހަބާ ކިޔާނީ ރިސޯޓުންވެސް މަރުހަބާ ކިޔާގޮތަށެވެ.
ރާއްޖޭގެ ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންޑަސްޓްރީއަށް ސިލްވާ ސޭންޑްސް އިން ގެނައި އިންގިލާބީ ބަދަލުތަކާއެކު ސިލްވާ ސޭންޑްސް އަކީ މިހާރު މި ވިޔަފާރީގެ މާކެޓް ލީޑަރެވެ. އަދި މި ވިޔަފާރީގެ އެކި ދާއިރާތަކަށް ދިވެހިން ބިނާކުރުމަކީވެސް ސިލްވާ ސޭންޑްސް އިން ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. މިގޮތުން އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޯޓް ލައިސެންސް ނަގައިދިނުމަށް އެހީތެރިވެދިނުމާއި، ވޯޓާ ސްޕޯޓްސް ނުަވަތަ ޑައިވިންގެ ރޮނގުން މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެކަމުގެ ތަމްރީނުތައް ދިނުންވެސް ހިމެނެ އެވެ. މީގެ އިތުރަށް ސިލްވާ ސޭންޑްސްގެ ހުރިހާ މުވައްޒަފުންނަށްވަނީ އިމަޖެންސީ ފަސްޓް ރެސްޕޮންސްގެ ރޮގުން ތަމްރީނު ދީފަ އެވެ.
ޑައިވް އަދި ވޯޓާ ސްޕޯޓްސް އިންޑަސްޓްރީގައި ދިވެހިން އެންމެ ގިނައިން އެމްޕްލޯއީ ކުރާ ކުންފުންޏަކީ ސިލްވާ ސޭންޑްސް ކަން ފާހަގަކޮށްލަން ޖެހެ އެވެ. ސިލްވާ ސޭންޑްސް ގްރޫޕްގައި ގާތްގަޑަކަށް 500 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާއިރު ޑައިވިން އަދި ވޯޓާ ސްޕޯޓްސްގައި ގާތްގަޑަކަށް 200 މީހުން މަސައްކަތްކުރެ އެވެ. މީގެ ތެރޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ ނިސްބަތަކީ ގާތްގަޑަކަށް %65 އެވެ.
ޑައިވް އަދި ވޯޓާ ސްޕޯޓްސް އިންޑަސްޓްރީގައި 107 އުޅަނދާއެކު އެންމެ ބޮޑު ފްލީޓެއް އޮތީ ސިލްވާ ސޭންޑްސްގައިކަން ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން ޖެހެއެވެ. މީގެ ތެރޭގައި 3 ސެއިލިން ޔޮޓް އަދި 4 ލަގްޒަރީ ކްރޫޒް ހިމެނެ އެވެ. މި ފްލީޓްގައި ޑައިވިން ދޯނި، ގޭމް ފިޝިން ދޯނި، ވޯޓާ ސްޕޯޓްސްއަށް ބޭނުންކުރާ ސްޕީޑް ބޯޓް، ޕެރާ ސެއިލިން ބޯޓް އަދި ލަގްޒަރީ ޔޮޓްފަހަރު ހިމެނެ އެވެ.