ބ. ގޮއިދޫ
ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ލިސްޓަށް ބ. ގޮއިދޫ ފަޅުން ބައެއް އިތުރުކޮށްފި
ރިސޯޓް ހަދަން ކުއްޔަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އިއުލާންކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ލިސްޓަށް ބ. ގޮއިދޫ ފަޅުން ބައެއް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުން މިދިޔަ މޭ މަހުގެ ތެރޭގައި ވަނީ ޓޫރިޒަމަށް ދޫކުރާނެ 17 ރަށަކާއި ފަޅެއްގެ ލިސްޓް އާންމުކޮށްފަ އެވެ. އެ ލިސްޓަށް ޓޫރިޒަމް މިނިސްޓްރީ އިން މީގެ ކުރިން ވެސް ވަނީ އުނިއިތުރު ގެނެސްފަ އެވެ.
ތަފްސީލް - އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިޒަމަށް ދޫކުރަން އިއުލާންކުރި ތަންތަނުގެ ލިސްޓަށް ބ. ގޮއިދޫ ފަޅުން 14.28 ހެކްޓަރު އިތުރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ލިސްޓުގައި ހިމެނޭ ކ. އަތޮޅުގެ 82 ހެކްޓަރުގެ ފަޅަކާއި އއ. އަލިކޮއިރަށް ވަނީ އުނިކޮށްފަ އެވެ.
އެ ތަންތަން އެ ލިސްޓުން އުނިކުރި ސަބަބެއް މިނިސްޓްރީން ނުބުނެ އެވެ. އާންމުކޮށް އެގޮތަށް ލިސްޓުން ރަށްތަކާއި ފަޅުތައް އުނިކުރަނީ އެތަންތަން ކުއްޔަށް ދޭނެ ބަޔަކު ނިންމުމަށް ފަހު އެވެ.