އޭޑީކޭ ހޮސްޕިޓަލް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޭޑީކޭގެ ހިދުމަތްތައް ފުޅާކުރަން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ

މި ބޮންޑުގެ ފައިސާ އިން އެ ހޮސްޕިޓަލުން 15 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާއިރު، ސިއްހީ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ އެހެން އިންވެސްޓުމެންޓުތައް ވެސް ކުރާނެ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓާޝަރީ ސިއްހީ ހިދުމަތްދޭ އެއް ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތައް ފުޅާކުރުމަށް އާ އިމާރާތެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ތިން ބަޔަކަށް ނުވަތަ ޓްރާންޗަކަށް ބޮންޑު ވިއްކަން ނިންމާފައިވާއިރު، އޭގެ ފުރަތަމަ ބަޔަށް އިންވެސްޓު ކުރަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން:

  • އޭގެ މައުލޫމާތު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 'ވިޔަނަ' ޕޯޓަލުން މިހާރު ފެންނާނެ 

  • ފުރަތަމަ ބައިގެ ގޮތުގައި ވިއްކަނީ 50 މިލިއަން ރުފިޔާ

ތަފްސީލް - ބޮންޑުގެ ކަންތައްތައް ބަލަހައްޓާނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. އެ ކުންފުންޏަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނެ މަގުތައް ދައްކައިދިނުމާއި ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުކުރާނެ ގޮތްތައް ތަނަވަސްކޮށްދޭ ކުންފުންޏެކެވެ.

އޭޑީކޭގެ ބޮންޑް:

  • ކޮންވެންޝަނަލް ބޮންޑެއް

  • ކޮންމެ އަހަރަކު %8ގެ ފައިދާ 

  • ބޮންޑުގެ މުއްދަތަކީ ފަސް އަހަރު

މި ބޮންޑު ވިއްކަނީ އޭޑީކޭން ދޭ ހިދުމަތްތައް އިތުރަށްް ތަރައްގީކޮށް، ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޮންޑުގެ ފައިސާ އިން އެ ހޮސްޕިޓަލުން 15 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާއިރު، ސިއްހީ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ އެހެން އިންވެސްޓުމެންޓުތައް ވެސް ކުރާނެ އެވެ.

ހާއްސަކޮށް ސިއްހީ ހިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަށް މަދުކޮށް، އެ ހިދުމަތްތައް ރާއްޖެއިން ދޭން ފެށުމަކީ އޭޑީކޭގެ އަމާޒެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް