ރިސޯޓެއް ހަދަން ފަށާފައިވާ ހދ. ނާގޯށީގައި ހަދާފައިވާ ގެސްޓް ކޮޓަރިތަކެއް: އެ ރަށުގައި ރިސޯޓް ހަދާތާ 17 އަހަރުވީ ނަމަވެސް މަޝްރޫއު އަދިވެސް ނުނިމޭ

އެމްޓީޑީސީ

ނާގޯށި ނިންމަން އެމްޓީޑީސީން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

އެ ރިސޯޓް ހެދުމުގެ މަސައްކަތް ކުރާތާ 17 އަހަރުވީއިރު އަދި ނިމިފައި ވަނީ %37 މަސައްކަތް
7 އޭޕްރީލު 2025
2

ރިސޯޓް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ދޫކުރިތާ 17 އަހަރުވީއިރު ވެސް ނުނިމިފައިވާ ހދ. ނާގޯށި ނިންމުމަށް ބޮޑު ލޯނެއް ހޯދަން އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ. 

އެނގުން މުހިންމު - ނާގޯށީގައި 600 އެނދުގެ ރިސޯޓް ހެދުމުގެ މަޝްރޫއުގެ ޓައިމްލައިން: 

  • 2007: ނާގޯށި ރިސޯޓް ހަދަން ރަޝިޔާގެ ތްރީކޭއާ ކުންފުންޏާ އެކު އެމްޓީޑީސީން ސޮއިކުރި

  • 2016: ކުލި ނުދެއްކުމާއި މަޝްރޫއު ކުރިއަށް ނުގެންދާތީ ނުވަ އަހަރު ފަހުން އެއްބަސްވުން ބާތިލްކުރި؛ އޭރު ރިސޯޓްގެ %37 މަސައްކަތް ނިންމާފައިވޭ

  • 2017: އެމްޓީޑީސީގެ އަތުން އެރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއަށް ނެގި

  • 2021: އެ ރަށް އަނބުރާ އެމްޓީޑީސީއާ ހަވާލުކުރި އަދި ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ ރިސޯޓް ހަދަން ރަށް ހަވާލުކުރި

  • 2023: މަސައްކަތް ކުރިއަށް ނުދާތީ ތިން އަހަރު ފަހުން ގަލަދާރީއާ އެކު ހެދި އެއްބަސްވުން އެމްޓީޑީސީން ބާތިލްކުރި 

ނާގޯށި ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް
ނާގޯށި ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް

އެމްޓީޑީސީން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެފައި ވަނީ ނާގޯށީ ނިންމުމުގެ މަސައްކަތް އެ ކުންފުނިން އަމިއްލައަށް ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ވާން ޖެހޭ ގިނަ ތައްޔާރީތައް ވެސް ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ: 

  • މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ރަށް އަލުން ހަދަން ފަށާނޭ ކަމަށް

ވީ ކިހިނެއް؟ - 'ދައުރު'އަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި، ނާގޯށި އަލުން ހެދުމުގެ މަސައްކަތް ނުފެށި ވަނީ ފައިސާގެ ދަތިކަން އެމްޓީޑީސީއަށް ކުރިމަތިވެފައި ވާތީ އެވެ. އަދި ކުންފުނީގެ ބޯޑުން މިދިޔަ މަހު ނިންމާފައި ވަނީ އެ މަޝްރޫއު ނިންމުމަށް ބޭނުންވާ ވަރުގެ ލޯނެއް ހޯދުމަށެވެ. 

ނާގޯށިގެ އޭރިއަލް ފޮޓޯއެއް

ތަފްސީލް - އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި:

  • އެމްޓީޑީސީން މިހާރު ވަނީ ނާގޯށި ނިންމުމަށް ބޭނުންވާ 30 މިލިއަނެއްހާ ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ލޯނެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައި

  • އެކަމަކު، އެ ލޯން ދިނުމާ މެދު ގޮތެއް ނިންމިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނޫން

  • ނާގޯށީގައި ހަދާފައިވާ ބައެއް އިމާރާތްތައް: އެ ރިސޯޓްގެ ނިމިފައި ވަނީ %37
  • ނާގޯށީގައި ހަދާފައިވާ ބައެއް އިމާރާތްތައް: އެ ރިސޯޓްގެ ނިމިފައި ވަނީ %37
  • ނާގޯށީގައި ހަދާފައިވާ ބައެއް އިމާރާތްތައް: އެ ރިސޯޓްގެ ނިމިފައި ވަނީ %37

އެކަމާ ގުޅޭ ގޮތުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒުއާ ސުވާލުކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވި އެވެ. އަދި ބީއެމްއެލްގެ ބަހެއް ލިބޭ ގޮތެއް ވެސް ނުވި އެވެ. 

ފާހަގަކޮށްލެވޭ - ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީން ހިންގަން މަސައްކަތް ކުރި އެއްވެސް ރިސޯޓް މަޝްރޫއެއް ކާމިޔާބުވެފައެއް ނުވެ އެވެ. އެ ކުންފުންޏަށް ސަރުކާރުން ރިސޯޓް ހަދަން ދިން ގިނަ ރަށްތައް ވަނީ އެކި ފަރާތްތަކަށް ވިއްކައި ކުއްޔަށް ދޫކޮށްފަ އެވެ. އޭގެ ބައެއް ރަށްތަކުގައ ރިސޯޓް ހަދައިގެން ހިންގަ އެވެ.

އެމްޓީޑީސީއަށް އާމްދަނީ ލިބެނީ އެ އެއްބަސްވުންތަކުން އެކަންޏެވެ. 

ކޮމެންޓް (2)

ހަސަންތަކުރުބެ

8 އޭޕްރީލު 2025
އެމްޓީޑީސީ ސަރުކާރު ކުންފުނިން ރިސޯރޓް ޑިވެލޮޕް ކުރަން ކުންފުންޏަކަށް ރިސޯރޓް އެވޯރޑުކޮށްދީފަ އަދި ޑިވެލޮޕް ކުރަން އިންވެސްޓްކުރަން ލަފާކުރަާ ޚަރަދަކީ 30 މިލިއަން ޑޮލަރު ކަމަށްވިޔަސް އެފައިސާ ލޯނެއްގެ ގޮތުގައި ސަރުކާރު ދަރަނިވެރިވެފައިވާ ޙާލު ދިނުމަކީ ސަރުކާރަށް ނޭނގި ކުރެވޭ ބޮޑު ކޮރަޕްޝަނުގެ ކުށެއް! މިހާރުވެސް ދަރަނިވެރިވެ ބޭރު ޤައުމުތަކުން ދެމުން އައި ލޯނުގެއެހީ ކެނޑި ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ދޭން ވައުދުވެ އަރަނި އާއި ދަރަނީ އެއްވަރު ނުވާއިރު ކީއްވެތޯ ވަކިބަޔަކު މުއްސަދިކުރުމު ސިޔާސަތެއްއޮންނަންޖެހެނީ. މިބާވަތުގެ ޚަރަދު ރިކަވަރީ އަކަށް ޓެކްސް ބޮޑުކޮށް ފައިސާހޯދުން. މިފޫނުބެދޭ ޖަރީމާ ހިންގާފަ ރައްޔިތުންގެ ދިރިއުޅުން ނިކަމެތިވޭ! ތިބެން މިޖެހެނީ ދަރަނިވެރިވެފަ އެކިޔާ ކަންމަތީ ފިހާރަޔަށް. އިންވެސްޓަރުންގެ އިތުބާރު ކެނޑިފަ އިންވެސްޓަރުންނުލިބޭ؟ ލޯންއެހީ ކެނޑިފައި ލޯނުލިބުމުގެ ދޮރުބަންދު! މިއީރައްޔިތުން ވިސްނަންޖެހޭ ކަމެއް!
1 0

ސުލައިމާނު

8 އޭޕްރީލު 2025
އަނެއްކާވެސް ރައްޔިތުން ގުބޯ ހައްދާފައި ހިއްސާ ވިއްކުމުގެ ސްޓަންޓެއް ޖައްސާލާ! ރައްޔިތުން މަޅީގައި ޖައްސާފައި ލާރިކޮޅު ޖީބުތަކަށް އަޅައިގެން ހުރިހާ ވެރިންފިލީމާ މިދިޔަ ސަރުކާރު ކިޔާލަ ކިޔާލަ ތިބޭނެ. އެ ނިމުނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް