ހއ. ކެލާ. (ފައިލް ފޮޓޯ/ވިޒިޓް ކެލާ)

ރިސޯޓުތައް

ކެލާގައި 2 ރިސޯޓާއި ކާށިދޫގައި ރިސޯޓެއް ހަދަން ބީލަމަށް ލައިފި

ރައީސް މުއިއްޒު ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ގަރާރެއް ނެރުއްވާފައި
1 އޭޕްރީލު 2025

ހއ. ކެލާ ފަޅު ހިއްކައިގެން ދެ ރިސޯޓު އަދި ކ. ކާށިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން އިއްޔެ އާންމުކޮށް ބީލަމަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ގަރާރެއް ނެރުއްވާފަ އެވެ.

މީހުން ދިރިއުޅޭ ކެލާ އާއި ކާށިދޫގައި ރިސޯޓު ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ދެ އިއުލާނުގައިވާ ގޮތުން، ކާށިދޫގެ ބީލަން ހުޅުވާލާފައިވަނީ:

  • 1-

    156.2 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ

  • 2-

    169.3 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ

ކާށިދުއަށް ވަކިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ރަށުގެ ފަޅުން:

  • 115.21 ހެކްޓަރުގެ ރަށެއް - 10 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ

މިއިން ކޮންމެ ރަށެއްގެ ބީލަމަށް ވެސް:

  • ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ހުށަހަޅަން ޖެހޭ

  • ރިސޯޓް ތަރައްގީކުރުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓުގެ (ކޮންމެ ކޮޓަރިއަކަށް 75،000 ޑޮލަރުގެ މަގުން)، މަދުވެގެން %20 ހުރިކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ޖެހޭ

ކެލާގެ ދެ ރަށުގެ ބީލަން އަންނަ 5 ޖޫންގެ މެންދުރު ފަހު 1އަށް އަދި ކާށިދޫގެ ބީލަން އެ ދުވަހުގެ ހެނދުނު 10އަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. ބީލަމަށް ބޭނުންވާ ލިޔެކިއުންތައް ޓޫރިޒަމް މިނިސްޓްރީން ގަންނަން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް