ހއ. ކެލާ. (ފޮޓޯ/އަގޯޑާ)
ކެލާގައި 2 ރިސޯޓު ހަދަން ފަޅުން 325 ހެކްޓަރު ކަނޑައަޅައިފި
ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އެގޮތަށް ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ނެރުއްވީ ރިޔާސީ ގަރާރެއްގަ އެވެ.
އެއާ އެކު، ކެލާގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ގަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
އެނގުން މުހިންމު - ކެލާގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުން ހުރި - ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހު ކެލާގައި ރިސޯޓެއް ތަރައްގީކުރުމަށް ރަށުގެ ކައުންސިލާ އެކު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވިޔަސް އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ.
ކޮމެންޓް (2)
ފަސާދައިގެޝޭހު
ޢަރީ