އެޗްޑިސީން ހުޅުމާލެ ފޭސް ދޭއްގައި ގާއިމް ކުރަން ބޭނުންވާ މަތީ ފަންތީގެ ހޮޓެލް މަޝްރޫއުގެ ސާމްޕަލް ކުރެހުމެއް.

އިގްތިސާދު

އެސްއީޒެޑުގެ ގެތައް އެންމެ މަތީ ފަންތީގެ މީހުންނަށް ހާއްސަކޮށްފި

ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭ؛ މިއީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހޭ

ރާއްޖޭގައި ގާއިމް ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތައް ބޯޑު އޮފް އިންވެސްޓުމެންޓުން ފާސްކޮށް އިއްޔެ ވަނީ ގެޒެޓުކޮށްފަ އެވެ.

ތަފްސީލް - ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެ އެވެ. އަދި މިއީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހެ އެވެ.

ޕްރޮޖެކްޓުގައި ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި:

  • ލަގްޒަރީ ވިލާ އަދި އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ގެތައް ހުންނަން ޖެހޭނެ

  • މި ސަރަހައްދުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތައުލީމު ނުވަތަ ހެލްތު ޓޫރިޒަމް ގައުމަކަށް ރާއްޖެ ވާނެ ފަދަ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުންނަން ޖެހޭނެ

  • އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާ ހުންނަން ޖެހޭނެ

  • މަދުވެގެން %60 ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ހަކަތަ އާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭނެ

  • ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް މަދުވެގެން ދެ ބާވަތެއް އުފައްދަން ޖެހޭނެ

  • މަތީ ފަންތީގެ މީހުންގެ ދިރިއުޅުން ބިނާ ކުރުމަށް ބޭނުންވާނެ އެހެނިހެން ތަންތަން ގާއިމް ކުރަން ޖެހޭ

  • އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައް ގާއިމް ކުރަން ޖެހޭނެ

ކޮމެންޓް (1)

ތެފައާސާ.

19 މާރިޗު 2025
ވަރަށް ރަނގަޅު އިނިޝިއޭޓިވްއެއް. މި ގައުމުގައި މިހާރުވެސް ބޯހިޔަލެއް ނެތި އެންމެ ހާލުގައި އުޅެމުން އަންނަނީ އެންމެ މަތީ ފަންތީގެ މީހުން.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް