އެލައިޑް އިންޝުއަރެންސްެގެ ހިދުމަތް ދޭ މަރުކަޒެއް.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިންޝުއަރެންސް ދާއިރާ %22 ކުރިއެރި
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަށް %22ގެ ކުރިއެރުމެއް އައި ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އިންޝުއަރެންސް ދާއިރާގެ ގްރޮސް ރިޓެންސް ޕްރިމިއަމް ހުރީ 1.9 ބިލިއަން ރުފިޔާގަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %22ގެ ކުރިއެރުމެކެވެ.
ތަފްސީލް - އިންޝުއަރެންސް ޕްރިމިއަމްގެ %20 ހިއްސާކުރީ ތަކާފުލް އިންޝުއަރެންސް ނުވަތަ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދޫކުރާ އިންޝުއަރެންސް ޕްލޭނުތަކުގެ ޕްރިމިއަމްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.
ޖުމްލަ ޕްރިމިއަމްގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ވައިގެ ދަތުރުފަތުރު، ބޭސްފަރުވާ އަދި ފަޔާ އިންޝުއަރެންސްގެ ޕްރިމިއަމްގެ އާމްދަނީ އެވެ.
-
ލައިފް އިންޝުއަރެންސް ޕްރިމިއަމް އާމްދަނީ ވަނީ %3 ދަށްވެފައި؛ އަހަރު ނިމުނު އިރު ލައިފް އިންޝުއަރެންސް ޕްރިމިއަމް އާމްދަނީ އަކީ 11.5 މިލިއަން ރުފިޔާ
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު އިންޝުއަރެންސް ބޭނުންކުރި ވަރު ނުވަތަ ކްލެއިމްގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއަޅާ ބަލާއިރު %11 އިތުރުވެފަ އެވެ.
-
2023 ވަނަ އަހަރު އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި 615 މިލިއަން ރުފިޔާ ދޫކުރި އިރު މިދިޔަ އަހަރު 683 މިލިއަން ރުފިޔާ ދޫކުރި
-
އެންމެ ބޮޑު އަދަދުތައް ދޫކުރީ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި