އަމީނީމަގުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް: އެ ކުންފުނިން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ހިއްސާގެ ބާޒާރުގައި ބޮންޑެއް ވިއްކަން ވަނީ ހުޅުވާލާފައި (ދައުރު ފޮޓޯ)
އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފި
ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ގައުމީ ކުންފުނި އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ރާއްޖޭގެ ހިއްސާގެ ބާޒާރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޖަޕާނުގެ ހިޓާޗީ ކުންފުނީގެ %20 ހިއްސާ އޮންނަ އެމްޑަބްލިއުއެސްސީން އިންވެސްޓަރުންނަށް ބޮންޑު ވިއްކަން ލިސްޓްކޮށްފައި ވަނީ ސްޓޮކް އެކްސްޗޭންޖުގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.
ތަފްސީލް - ބޮންޑު ވިއްކުމުގައި އެމްޑަބްލިއުއެސްސީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި 400 މިލިއަން ރުފިޔާގެ އެ ބޮންޑަށް އިންވެސްޓްކުރަން ހުޅުވާލަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. މިހާރު އިއުލާންކޮށްފައި ވަނީ ފުރަތަމަ ބުރަށް ބޮންޑަށް އިންވެސްޓްކުރުމަށެވެ. އެގޮތުން:
-
ފުރަތަމަ ބުރުގައި އިއުލާންކޮށްފައި ވަނީ 200 މިލިއަން ރުފިޔާގެ ބޮންޑް
-
ފުރަތަމަ ބުރުގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު %7.5ގެ އިންޓްރެސްޓުގައި ފައިދާ ލިބޭނެ
ބޭނުމަކީ ކުންފުނީގެ މަޝްރޫއުތައް އަވަސްކުރުން
ފަސްޓް ނޭޝަނަލްއިން ބުނި ގޮތުގައި އެމްޑަބްލިއުއެސްސީއިން ބޮންޑެއް ވިއްކަން ހުޅުވާލީ އެ ކުންފުނީގެ މުހިންމު ގިނަ އިންވެސްޓްމެންޓްތަކަކަށް ފައިސާ ހޯދުމަށެވެ. އެގޮތުން ބޮންޑު ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރަން ހަމަޖެހިފައި ވަނީ:
-
ކުންފުނީގެ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފުޅާކުރަން ބޭނުންވާ އިންވެސްޓްމެންޓްތަކަށް
-
އަތޮޅުތަކުގައި އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަވަސް ކުރުމަށް
-
ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާކުރުމަށް
ކޮމެންޓް (2)
އިންވެސްޓަރު
ސިކުނޑި