މަޑިވަރު އެއާޕޯޓުން ބަޔަކު ނުކުމެގެން ދަނީ. (ދައުރު ފޮޓޯ)

މަޑިވަރު އެއާޕޯޓު ހިންގަން އައިއޭއެސްއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ނިންމައިފި

އައިއޭއެސްއާ އެކު ކުރެއްދޫ ހޯލްޑިންސް އިން ހަދާފައިވާ އެއްބަސްވުން އަންނަ މަސް ތެރޭ ހަމަވޭ؛ އެ އެއާޕޯޓު ހިންގުމާ ދެން ހަވާލުވާނީ ކޮން ބައެއް ކަމެއް އަދި ނޭނގެ
30 ސެޕްޓެމްބަރު 2024

ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކޮށް، އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ ހަވާލުކޮށްގެން ހިންގާ އެއާޕޯޓު ހިންގުމަށް އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގާ ޗަމްޕާ އާއިލާގެ ކުރެއްދޫ ހޯލްޑިންސް އިން މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހުޅުވީ 2021 ވަނަ އަހަރު އެވެ. އެ އެއާޕޯޓަށް ދަތުރު ކުރަނީ، އައިއޭއެސް އިންް ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އެކަންޏެވެ.

ތަފްސީލް - އެކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން 'ދައުރު'އަށް މިއަދު ބުނީ، އައިއޭއެސްއާ އެކު ކުރެއްދޫ ހޯލްޑިންސް އިން ހަދާފައިވާ އެއްބަސްވުން އަންނަ މަސް ތެރޭ ހަމަވާ ކަމަށާއި އެއްބަސްވުން އާ ނުކުރަން ކުރެއްދޫ ހޯލްޑިންސް އިން ނިންމާފައިވާ ކަމަށެވެ.

އެއާޕޯޓު ހިންގުމާ ދެން ހަވާލުވާނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުމުން އައިއޭއެސްގެ ފަރާތުން ޖަވާބެއް ނުލިބެ އެވެ.

ނަމަވެސް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އައިއޭއެސްއާ ހަވަލާދީ ބުނެފައިވަނީ، އެ ކުންފުނިން ހަދާފައިވާ އެއްބަސްވުން އާ ނުކުރި ނަމަވެސް މަޑިވަރު އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ދެމިތިބޭނެ ކަމަށެވެ. އެ އެއާޕޯޓުގައި 22 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މީގެ އިތުރުން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ވެސް މަޑިވަރަށް ކުރާނެ ކަމަށް އައިއޭއެސް އިން ބުނި ކަމަށް ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް