ދަ ޕޭރެންޓްލީގެ މާލެ ފިހާރަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެޑްވަޓޯރިއަލް

ކުޑަކުދިންނާއި އާއިލާތަކަށް ކަމުދާނެ އުފެއްދުންތަކާއެކު ދި ޕޭރެންޓްލީ އާއި ގުޑް ފުޑް މޯލްޑިވްސް ހުޅުމާލެ އަށް

ރެއިންބޯ ސެންޓްރަލް އިމާރާތުގެ ތިރީގައި ހުޅުވާފައިވާ ފިހާރައިގެ 'ގްރޭންޑު އޯޕަނިން' މި ހަފްތާ ހޮނިހިރު ދުވަހު އޮންނާނެ، އެ ދުވަހު ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތައް ވެސް ލިބޭނެ

ކުޑަ ދަރިފުޅަށް ހޯދައިދޭ ކޮންމެ އެއްޗަކީ ވެސް ކޮލެޓީ ރަނގަޅު ފައިދާ ހުރި އެއްޗެއްކަމުގައިވާން ކޮންމެ މަޔަކު ވެސް ބަފަޔަކު ވެސް ބޭނުންވާނެ އެވެ.

ކުއްޖާގެ ހެދިބޮޑުވުމުގެ ދަތުރުގައި މުހިއްމު ދައުރު އަދާކުރާ ޑައިޕާސް އާއި އެޑިއުކޭޝަނަލް ޓޯއީސް އިން ފެށިގެންގޮސް ރީތިވާ ސާމާނާއި ކާއެއްޗެއްސަކީ ވެސް އެންމެ ރަނގަޅު، ފައިދާހުރި އެއްޗެއްސަށް ވުމަކީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ތުއްތުކުދިންނާއި މަންމައިންނަށް ކުޑަކުދިންނަށް ހާއްސަ އޮރިޖިނަލް އަދި ކޮލެޓީ ގިނަ ބްރޭންޑުތަކުގެ އުފެއްދުންތައް ރާއްޖެއިން ލިބެން ހުންނަ އެއް ފިހާރައަކީ ދި ޕޭރެންޓްލީ (The Parently) އެވެ.

ދި ޕޭރެންޓްލީގެ މާލެ ފިހާރަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާލޭ ލިލީމަގުގައި ދި ޕޭރެންޓްލީގެ ފިހާރައެއް ހުންނައިރު ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ރާއްޖޭގައި އޯގެނިކް ކާބޯތަކެތި ވިއްކަން ހާއްސަ 'ގުޑް ފުޑް މޯލްޑިވްސް' އާއި ގުޅިގެން ހުޅުމާލޭގައި ވެސް މިހާރު ވަނީ ފިހާރަ އެއް ހުޅުވައިފަ އެވެ. މިއީ އާއިލާތަކަށް ހާއްސަ އައުޓްލެޓަކަށް ވާނެއެވެ.

ފިތުރޯނު މަގު، ރެއިންބޯ ސެންޓްރަލް މޯލްގައި އިމާރާތުގެ ތިރީގައި ހުޅުވާފައިވާ ފިހާރައިގެ 'ގްރޭންޑު އޯޕަނިން ސޭލް' 6 ޖުލައި ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދި ޕޭރެންޓްލީ އާއި ގުޑް ފުޑްގެ 'ގްރޭންޑް އޯޕަނިން ސޭލް' ގައި ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކުގެ އިތުރުން ގިނަ އަދަދެއްގެ ހަދިޔާތަކެއް ލިބިގެންދާނެއެވެ.

އެގޮތުން އެދުވަހު ހުޅުމާލޭ ފިހާރައަށް ޒިޔާރަތް ކުރާ ކަސްޓަމަރުންނަށް:

  • ގުޑްފުޑް މޯލްޑިވްސް ހުޅުމާލެ ފިހާރައިން ކުރާ ހުރިހާ ވިޔަފާރިއަކުން %20 ޑިސްކައުންޓާއި ގިވްއަވޭގެ ގޮތުގައި ބައެއް އޮގެނިކް ޕްރޮޑަސްޓް ލިބޭނެ

  • ދި ޕޭރަންޓްލީ ގެ ހުރިހާ އައުޓްލެޓްތަކަކުން (އޮންލައިން ފިހާރައާއި އެކު) ކުރާ ހުރިހާ ވިޔަފާރިއަކުން %20 ލިބޭނެ

  • - ދި ޕޭރަންޓްލީ ގެ ހުޅުމާލެ ފިހާރައިން ފްރީ ގިވްއަވޭގެ ގޮތުގައި ތަފާތު އައިޓަމްތަކާއި ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ވަކި ހަދިޔާ ލިބޭނެ

މީގެ އިތުުރުން 'ގްރޭންޑް އޯޕަނިން ސޭލް' ގެ ހާއްސަ ލަކީޑްރޯ ގައި ބައިވެރިވެ ގުޑް ފުޑް މޯލްޑިވްސް އަދި ދި ޕޭރެންޓްލީ އިން ދޭ އިނާމު ލިބުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ އެވެ. 

  • ދި ޕޭރެންޓްލީ އިން ލިބެން ހުންނަ ބައެއް އުފެއްދުންތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ދި ޕޭރެންޓްލީ އިން ލިބެން ހުންނަ ބައެއް އުފެއްދުންތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ދި ޕޭރެންޓްލީ އިން ލިބެން ހުންނަ ބައެއް އުފެއްދުންތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ދި ޕޭރެންޓްލީގެ ފަރާތުން ލަކީ ޑްރޯ އިނާމަކަށް ކަނޑައަޅާފައިވަނީ ކްލެސިކް ވޯލްޑް ބްރޭންޑުގެ 'މައި ލިޓްލް ހޯމް' ޓޯއީ ސެޓެއް

  •  ލަކީޑްރޯގެ އިނާމަށް ގުޑްފުޑް މޯލްޑިވްސް އިން ކަނޑައަޅާފައިވަނީ ކޭޝް ވައުޗަރެއް.

ދި ޕޭރެންޓްލީ

ދި ޕޭރެންޓްލީ އިން މަންމައާއި ދަރިފުޅަށް ބޭނުންވާ ކޮލިޓީ, އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް ދަނީ ގެނެސްދެމުންނެވެ.

މިގޮތުން ދި ޕޭރެންޓްލީ އިން އިސްކަމެއްދެނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މައިންބަފައިންގެ އިތުބާރު ހޯދާފައިވާ، ކުޑަކުދިންނާ ރައްޓެހި, އަދި ތިމާވެއްޓާއި ރައްޓެހި ބްރޭންޑްތައް ގެނެސްދިނުމަށެވެ.

ދި ޕޭރެންޓްލީ އަކީ އޮފްސްޕްރިން ބޭބީ ޕްރޮޑަކްޓްސް، ކްލެސިކް ވޯލްޑުގެ ކުޅޭ ސާމާނުގެ އިތުރުން އެންޔާ ޕީރިއަޑް ޕްރޮޑަކްޓްސް ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މި ބްރޭންޑްތަކުގެ އިތުރުން ފްރީޑާ، ޓޮމީ ޓިޕީ، އާތު މާމާ، މަންޗްކިން ފަދަ ބްރޭންޑްތައް ވެސް ދި ޕޭރެންޓްލީ އިން ލިބެއެވެ.

އޮފް ސްޕްރިންގު ބްރޭންޑުގެ ބައެއް އުފެއްދުންތައް(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޮފް ސްޕްރިންގު

މިއީ އޮސްޓްރޭލިއާގެ، ތުއްތުކުދިންނަށް ހާއްސަ ބްރޭންޑެކެވެ. އޮފް ސްޕްރިންގުގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަމާ ރައްޓެހި، ނުރައްކާތެރި ކެމިކަލްތައް ނުހިމެނޭ އަދި ތިމާވެއްޓާ ވެސް ރައްޓެހި އުފެއްދުންތަކެކެވެ. މިއީ ހަމުގެ މައްސަލަތައް ހުންނަ ކުޑަކުދިންގެ ބެލެނިވެރިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ.

މިގޮތުން އޮފްސްޕްރިން ބްރޭންޑްގެ ޑައިޕާ އަކީ ސުޕައެބްޒޯބަންސީ އެކުލެވޭ ގިނަ ވަގުތު ލީކުނުވެ ގެންގުޅެވޭ، ކްލޮރިން އެކުނުލެވޭ، ރީތި ޑިޒައިންތަކެއްގެ މައްޗަށް އެކުލެވޭ ޑައިޕާތަކެކެވެ.

އޮފް ސްޕްރިންގު ބްރޭންޑުގެ ބައެއް އުފެއްދުންތައް(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޮސްޓްރޭލިއަން އެލާޖީ ސެޓިފައިޑް މި ބްރޭންޑްގެ ޑައިޕާ ގެ އިތުރުން ވައިޕްސް, ބޭބީ ސްކިންކެއާ އަދި ތުއްތު ކުދިންގެ ތަކެއްޗާއި މާހައުލު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ކްލީނިން ޕްރޮޑަކްޓްސް ވެސް ދި ޕޭރެންޓްލީ އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެއެވެ.

ކްލެސިކް ވޯލްޑް ބްރޭންޑުގެ ބައެއް އުފެއްދުންތައް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކްލެސިކް ވޯލްޑް

މިއީ ކުޑަކުދިންގެ ހެދިބޮޑުވުމުގައި ބޭނުންވާނެ މުހިއްމު ހުނަރުތައް ތަރައްގީކުރުމަށް ހާއްސަ އުފެއްދުންތައް ހިމެނޭ ބްރޭންޑެކެވެ. ކްލެސިކް ވޯލްޑް ބްރޭންޑްގެ ކުޅޭތަކެއްޗަކީ ކުދިންގެ ހެދިބޮޑުވުމުގެ އެކި ސްޓޭޖްތަކަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ އުފެއްދުންތަކެކެވެ. 

މިގޮތުން، ކުދިންގެ މޯޓާ ސްކިލްސް އާއި ސެންސަރީ ސްކިލްތައް ތަރައްގީ ކުރުމުގައި އެހީއަށް ވާނެ ގިނަ އުފެއްދުންތައް ކްލެސިކް ވޯލްޑު ބްރޭންޑުން ލިބޭނެ އެވެ.

ދަ ޕޭރެންޓްލީގެ ހުޅުމާލެ ފިހާރަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެންޔާ ޕީރިއަޑް ޕްރޮޑަކްޓްސް

އެންޔާ އަކީ އޮގެނިކް ކޮޓަން ބޭނުންކޮށްގެން ސެންސިޓިވް ސްކިންއަށް ހާއްކޮށްގެން އުފައްދާ ޕީރިއަޑްއަށް ހާއްސަ އުފެއްދުންތަކެއް ހިމެނޭ ބްރޭންޑްއެކެވެ.

މި ގޮތުން އެންޔާގެ އުފެއްދުންތަކުގެ ތެރޭގައި އެކި ސައިޑްގެ ޕެޑް، ޕޭންޓީ ލައިނާ ހީޓިން ޕެޗް، މެންސްޓްރުއަލް ކަޕް އަދި ހާއްސަ ޕީރިއަޑްއަށް ހާއްސަ ޖަންގިޔާ ހިމެނެ އެވެ.

ދަ ޕޭރެންޓްލީގެ ހުޅުމާލެ ފިހާރަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ދަ ޕޭރެންޓްލީގެ ހުޅުމާލެ ފިހާރަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ދި ޕޭރެންޓްލީގެ އެންމެ ބޮޑު މަގުސަދަކީ ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ އޮތެންޓިކް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ގެނެސްދިނުމެވެ. ދި ޕޭރެންޓްލީ އިން ވިއްކާ އުފެއްދުންތައް ފަސޭހަކަމާއެކު އެ ފިހާރައިގެ ވެބްސައިޓްގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ހުންނަ ޕޭރެންޓްލީގެ ފިހާރަތަކުން ބަލާލެވޭވެ އެވެ.

ގުޑް ފުޑް މޯލްޑިވްސް

ގުޑް ފުޑް މޯލްޑިވްސް ހާއްސަ ވަނީ ނެޗުރަލް، އޯގެނިކް ސުޕަފުޑް އަށެވެ. އެ ފިހާރައިން ގުލްޓަން ފްރީ ޑައިޓަކަށް ބޭނުންވާ ކާބޯތަކެތީގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދެ އެވެ.

އޭގެ ތެރޭގައި ޝެފްސް ޗޮއިސް، މިސްޓަ އޯގެނިކް، ޕިޔޯ ހާވެސްޓު،  ފުލް ގްރީން، ނޭޗާސް ސުޕަފުޑް ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ.

ގުޑް ފުޑް މޯލްޑިވްސް އިން ލިބެން ހުންނަ އުފެއްދުންތައް ފަސޭހަކަމާއެކު އެ ފިހާރައިގެ ވެބްސައިޓުން ވެސް ބަލާލެވޭނެ އެވެ.

ގުޑް ފުޑް މޯލްޑިވްސް އިން ވިއްކާ ބައެއް އުފެއްދުންތައް (ފޮޓޯ/މޯލްޑިވްސް ފައިނޭންޝަލް ރިވިއު)

މިއީ ގުލްޓަން ފްރީ، ވީގަން ޑައިޓެއް ބޭނުންވާ މީހުންނަށް ހާއްސަ ފިހާރައެކެވެ. 

ޕޭރެންޓްލީ އާއި ގުޑް ފުޑް މޯލްޑިވްސް އެއް އައުޓްލެޓެއްގެ ތެރެއިން ހިދުމަތް ދިނުމަކީ އާއިލާތަކަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. މި ދެ ފިހާރަ އެއްކޮށް ހުޅުވަނީ އެއްތަނެއްގެ ތެރެއިން އޮރިޖިނަލް ކާބޯތަކެތީގެ އުފެއްދުންތަކާއި ކުޑަ ދަރިފުޅަށް ބޭނުންވާނެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް