ތިލަ މާލެ ބްރިޖް ފެންނަ ހިސާބުގައި ވިލިނގިލި ގޮނޑުދޮށުގައި މީހަކު ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަންޖެހޭ: ވޯލްޑް ބޭންކުގެ ކަންޓްރީ ޑައިރެކްޓާ
ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ އަޑިގުޑަންތަކުން އަރައިގަތުމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށާއި ރާއްޖޭން ކުރާ ހޭދަތައް އާމްދަނީ އާ ނުބައްދަލު ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ގުޅުވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ ރާއްޖޭގެ ހަރަދުތައް ހުރީ ލިބޭ އެއްޗަކާ އަޅާ ބަލާއިރު މާބޮޑަށް ވެސް މަތީގައި ކަމަށާއި ހަރަދާއި ސަބްސިޑީ އިތުރުވެ ރާއްޖޭގެ ދަރަނި އަތްނުފޯރާ ވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ތަފްސީލް - އޭނާ ވިދާޅުވީ މި ހާލަތުގެ ސަބަބުން މާލީ ހާލަތު ގޯސްވެ، ނުދެއްކޭވަރުގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށެވެ.
"މި އަހަރާއި އަންނަ އަހަރު 512 މިލިއަން ޑޮލަރު އަދި އެއާ ޖެހިގެން އަންނަ 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން އެބައޮތް،" އެކްސްގައި ޕޯސްޓު ކުރެއްވި ވީޑިއޯ އަކާއެކު ފާރިސް ވިދާޅުވި އެވެ.
"ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން ދަރަނީގެ ސަބަބުން ނުރައްކާ ކުރިމަތިވާނެ،"
For decades #Maldives has been spending beyond its means. Sharp spending rise & subsidies have widened deficit, leading to a vulnerable fiscal situation & unsustainable debt. Annual debt servicing needs are likely to be $512 million for 2024 & 2025, & $1.07 billion in 2026 (1/3) pic.twitter.com/3DGDbyFwgk
— Faris H. Hadad-Zervos (@WorldBankNepal) June 10, 2024
އޭނާ ވިދާޅުވީ، ހުރިހާ އެންމެންނަށް ލިބޭ ގޮތަށް އޮންނަ ސަބްސިޑީ ނިޒާމު އިސްލާހުކޮށް، ސަރުކާރު ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަސްކުރަން ވެއްޖެ ކަމަށާއި އެކަމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށެވެ. އާސަންދަ ރީސްޓްރަކްޗާ ކޮށް އުމްރާނީ ތަރައްގީގެ ޕްރޮގްރާމު ސްޓްރީމްލައިން ކުރަން ވެސް ފާރިސް ގޮވާލެއްވި އެެވެ.
ފާހަގަ ކުރެވޭ- ދައުލަތުގެ ދަރަނީގެ ހާލަތު މެނޭޖުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެކަން ފަށާނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
ބުނެވިދާނެ