ސިމްޑީގެ ރޯދަ ޕްރޮމޯޝަނުގެ ބޮޑު އިނާމު ލިބުނު ކަސްޓަމަރަށް އިނާމު ހަވާލުކުރުން (ފޮޓޯ/ސިމްޑީ)

ސިމްޑީ

ސިމްޑީގެ ރޯދަ ޕްރޮމޯޝަނުން 100،000ރ. ލިބުނު ނަސީބުވެރިިޔާ ހޮވައިފި

ރޯދަ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ދޫކޮށްލި 100،000ރ.ގެ ފައިސާގެ އިނާމުގެ އިތުރުން ރޯދަ މަހުގެ ކޮންމެ ހަފްތާ އަކު ވެސް ސިމްޑީ އިން ވަނީ ނަސީބުވެރި ތިން ކަސްޓަމަރަކު ހޮވައި އަގުހުރި އިނާމުތައް ދޫކޮށްލާފައި

މިދިޔަ ރޯދަ މަހާ ދިމާކޮށް ސިމްޑީ އިން ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ 100،000ރ.ގެ ފައިސާގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ސިމްޑީ ހެޑް އޮފީހުގައި ބޭއްވި ގުރުނެގުމުގެ ހަފްލާގައި 100،000ރ.ގެ ފައިސާގެ އިނާމު ލިބޭ ނަސީބު ވެރިޔަކަށް ހޮވުނީ އަހުމަދު އަލްވިން މުހައްމަދު އައްބާސް އެވެ. 

ތަފްސީލް - ސިމްޑީގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ފެބްރުއަރީ13 އިން އޭޕްރީލް 13 އަށެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި މާލެ ސަރަހައްދުގައި ހުންނަ ސިމްޑީ ފިހާރަތަކާއި ސިމްޑީ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް 500ރ. އިން މަތިން ވިޔަފާރިކުރި ކޮންމެ ކަސްޓަމަރަކަށް ވެސް ގުރުއަތުގައި ބައިވެރިވެވުނެވެ.

ރޯދަ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ދޫކޮށްލި 100،000ރ.ގެ ފައިސާގެ އިނާމުގެ އިތުރުން ރޯދަ މަހުގެ ކޮންމެ ހަފްތާ އަކު ވެސް ސިމްޑީ އިން ވަނީ ނަސީބުވެރި ތިން ކަސްޓަމަރަކު ހޮވާ އަގުހުރި އިނާމުތައް ދޫކޮށްލައިފަ އެވެ. ރޯދަ މަހުގެ ހަތަރު ހަފްތާގައި ވެސް މި ގުރުއަތުލުންތައް ކުރިއަށް ގެންދިޔަ އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް