'އެމްއައިބީ ރަމަޒާން ފެސްޓް 2024 ޕަވާޑްބައި ހޮންޑާ'ގައި ހުންނަ ޝީޝާގެ ޓެންޓު (ދައުރު ފޮޓޯ/ބާޝް އަޝްރަފް)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓަށް ޒިޔާރަތްކޮށްގެން ސައިކަލެއް ހޯދުމުގެ ފުރުސަތު

މި ފެސްޓް ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ 'އެމްއައިބީ ރަމަޒާން ފެސްޓު 2024 ޕަވާޑް ބައި ހޮންޑާ' އަށް ޒިޔާރަތްކޮށް ސައިކަލެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މެއިން ސްޕޮންސާ ޝީޝާ އިން ވަނީ ފެސްޓުގެ ގްރޭންޑް ޕްރައިޒް އެއްގެ ގޮތުގައި އެ ކުންފުނިން ވިއްކާ ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ފަރާތުން ބޭނުންވާ ކުލައަކުން 125ސީސީގެ ސައިލަކެއް ހުށަހަޅައިފަ އެވެ.

ފެސްޓަށް ޒިޔާރަތް ކުރާ މީހުންނަށް ޝީޝާ އިން ހާއްސަ އޮފާތަކެއް ވެސް ހުށަހަޅަ އެވެ. އެގޮތުން

  • ވަގުތުން ސައިކަލު ގަތުމުގެ ފުރުސަތު

  • މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އިންސްޓޯލްމެންޓް މެދުވެރިކޮށް ސައިކަލު ގަތުން

  • ބްރަދާސް މޮޓޯ އިންސްޓޯލްމެންޓު މެދުވެރިކޮށް ސައިކަލު ގަތުން

ޝީީޝާގެ ޓެންޓަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ހަދިޔާތައް ވެސް ދޭނެ އެވެ. އެގޮތުން ފެސްޓަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ.

  • ޝީޝާގެ ސްޓޯލަށް ޒިޔާރަތް ކުރާ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ހަރަކާތްތައް

  • ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ހަރަކާތްތައް ހިމެނޭ

ފެސްޓިވަލުގެ މަގުސަދަކީ ރޯދަ މަހުގެ ކުރިއަށް އެންމެން އެކީ ބައްދަލުކޮށްލެވޭނެ އުފާވެރި މާހައުލެއް ހޯދައިދިނުމެވެ.

ރަމަޒާން ފެސްޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ގޭގައި ތިބެގެން ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުގެ ތަކެތި، މި ފެސްޓްގައި ދައްކާލަން ހުންނާނެ އެވެ. އަދި މި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި ފެސްޓުގައި ގިނަ ވިޔަފާރިތަކުން ބައިވެރިވާއިރު، ކެއިން ބުއިމަށް ބޭނުންވާ ސާމާނާއި ލުއިކާނާގެ ބާވަތްތައް ތަޖުރިބާ ކުރެވޭނެ އެވެ.

މިއީ އާއިލާތަކާއި އެކުވެރިން އެކުގައި ގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބޭނެ ފުރުސަތެކެވެ.

  • މި ފެސްޓް ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް  

މޯލްޑިވްސް ރަމަޒާން ފެސްޓުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މެއިން ސްޕޮންސަރަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ ޝީޝާ އެވެ. ސަޕޯޓިން ޕާޓްނަރަކީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މި ހަރަކާތާ ބެހޭ އިތުރު މައުލޫމާތު ރަމަޒާން ފެސްޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް