ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓެކްސް

ޓެކްސް ބޭސް ފުޅާ ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

ދައުލަތަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ރައީސް މިއަދު ވިދާޅުވި

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެެ.

ވީ ކިހިނެއް؟ - އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ދައުލަތަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

ތަފްސީލް - އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތައް ދައުލަތަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 ފިސްކަލް ޑެފިސިޓް ކުޑަކޮށް، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރަން ފިޔަވަޅުތައް އެޅުން މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޭސް ފުޅާކުރުމަކީ އެއް އަމާޒު. އަޅުގަނޑު ހުށަހަޅާފައިވާ އިގުތިސޯދީ އެޖެންޑާގެ މައިގަނޑު އަމާޒަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

ޓެކްސް ބޭސް ފުޅާ ކުރެއްވުމަކީ އިތުރު ޓެކްސް ނެގުންތޯ ނޫނީ ޓެކްސް ލިބޭނެ އިތުރު ކަންކަން ތައާރަފު ކުރުން ކަމެއް ރައީސް ވިދާޅެެއް ނުވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ދައުލަތުގެ މާލީ ހާލަތަށް ބަލައި، މަޝްރޫއުތަކުގެ މަސައްކަތްތައް ރާވައި، ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމާ، އެ މަޝްރޫއުތަކުން ބިނާކުރާ އެސެޓްތަކުގެ މަންފާ ރައްޔިތުންނަށް ލިބުން އަވަސްކުރުން ކަމަށެވެ.

"ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަޅުގަނޑުމެންގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން. މިއީ ގައުމުގެ އިގްތިސޯދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކޮންމެހެން ބޭނުންވެގެން ނޫނީ ސިޔާސީ މަގާމުތަކަށް މީހުން ނުނަގަން ނިންމާފައިވާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (6)

ތެފައާސާ.

6 ފެބްރުއަރީ 2024
ޓެކްސް ބޭސް ފުޅާކޮށްފައި ފުޅާކުރާބައިން އިތުރު 300 ސްޓޭޓު/ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރުމަށްފަހު އެބޭކަލުން މުސާރައަށް ޚަރަދުކުރީމާ ވަށާޖެހޭ އިގުތިސޯދީ ސިޔާސަތުގެ ކުރިބޯއްޓަށް ވާސިލްވެވޭނެ.
0 0

ފައިޒް

5 ފެބްރުއަރީ 2024
ދެން ޓެކުސް ބޮޑު ކޮއްފިއްޔާ މަގުތަކުގަ މުޒާހަރާ ކޮއް ހަމަ ނުޖެހުން ހިނގާނެ. ފުރަތަމަ ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ހުރި ދަރަނި ފައިސާ ދައްކާ ޚަލާސް ކުރޭ.
3 0

ހިތަދޫ 2

5 ފެބްރުއަރީ 2024
މަ ކުރިންވެސް ދައްކަމުން އައި ވާހަކަ މީ، ސިޔާސީ ވެރިން ޖީބަށް ބަރުކުރަން ޓެކްސް ބްރެކެޓް ފުޅާކޮށް އަދި 2000ރ ލިބޭ މީހާ އަތުންވެސް އިންކަމް ޓެކްސް ވެސް ނަގާ ހިސާބަށް ދާނެ
4 0

އަޅި އަލީ

5 ފެބްރުއަރީ 2024
ރެމިޓެންސް ޓެކްސް ނަގަން ފައްޓަވާ! އަދި ބިދޭސީންގެ ގައުމުން ބޭރު ކުރެވޭ ފައިސާ އަކީ އެބޭފުޅެއް އަދާކުރާ މުސާރަ އަކާ ބައްދަލު އަދަދެއްތޯ ޔަގީން ކުރައްވާ!
6 0

ފަތޭ

5 ފެބްރުއަރީ 2024
@އަޅި އަލީ ނުނަގާތަ މިހާރު؟
1 0

މީރާ

6 ފެބްރުއަރީ 2024
@ފަތޭ އާދެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން، ޓެކްސް ނަގަން ފެށި ތާރީޚުން ފެށިގެން (1 ޖަނަވަރީ 2020) ރެމިޓެންސް ޓެކްސް ވަނީ އުވާލެވިފަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް