އެމްފައިސާ މެދުވެރިކޮށް ބައިސްކޯފަށް ފައިސާ ދެއްކޭގޮތް ހަމަޖެއްސުން (ފޮޓޯ/އުރީދޫ)
އުރީދޫ އެމް-ފައިސާއިން ބައިސްކޯފަށް ފައިސާ ދެއްކޭ ގޮތް ހަދައިފި
އެމް-ފައިސާ މެދުވެރިކޮށް، ސްޓްރީމިން ޕްލެޓްފޯމު ބައިސްކޯފަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބައިސްކޯފު ސަބްސްކްރިޕްޝަން ފައިސާ ދައްކަން އެމް-ފައިސާ ހިމަނައި އުރީދޫ އަދި ބައިސްކޯފާ ދެމެދު ވަނީ އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއާ އެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު އެމް-ފައިސާ ބޭނުންކޮށްގެން ބައިސްކޯފު ސަބްސްކްރިޕްޝަން ފީ ދެއްކޭނެ އެވެ.
ބުނީ ކީކޭ؟ - އުރީދޫޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ މިއީ އުރީދޫ އާއި ބައިސްކޯފު އެކުގައި މަސައްކަތް ކުރުމުގެ ފެށުން ކަމަށެވެ.
"ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނާޝިޕާ އެކު ކުރިއަށް އޮތަތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރު ތައް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބައިސްކޯފު
-
ފޯނާއި ޓެބްލެޓް މެދުވެރިކޮށް މަގުބޫލު ފިލްމާއި ޑްރާމާ އަދި މިއުޒިކް ވީޑިއޯ ބެލޭ އެޕްލިކޭޝަނެއް
-
ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓް ހިމެނޭ