އަކްޝޭ ކުމާރު
މަލާމާތް ކުރާތީ އިންޑިއާ ފަތުރުވެރިން ރާއްޖެ ނާންނަން އަކްޝޭ ހިތްވަދު ދީފި
އިންޑިއާ އާއި އެ ގައުމުގެ ވެރިންނަށް އަދި ރައްޔިތުންނަށް މަލާމާތް ރައްދުވާ ގޮތަށް ދިވެހިންގެ ތެރެއިން ބަޔަކު މީހުން ވާހަކަ ދައްކާތީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނާންނަން ހިތްވަރުދީ އިންޑިއާގެ ބޮލީވުޑް ސުޕަސްޓާރު އަކްޝޭ ކުމާރު ވާހަކަ ދައްކައިފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ފަހުން އެމަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރައްވައިފަ އެވެ.
އެއާ އެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގައިދެއްވަން އާންމު ކުރެއްވި ވީޑިއޯ އެއް ކަމަށް ބުނެފަ އެވެ.
-
މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ 'ޗައިނާގެ ޕަޕެޓު ގައުމެއް' ކަމަށް ބުނެފައި
-
މޯދީގެ ވީޑިއޯ އަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު އެކްސްގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދޭން ފަށާފައި
ތަފްސީލް - ރައްދު ދޭން އެކްސުގައި ކުރި ޕޯސްޓްތައް ހައްދުން ނައްޓައި އަވައްޓެރި ގައުމަކާއި އެ ގައުމެއްގެ ވެރިންނާ ދިމާއަށް ކިޔަން ނުވާ ގިނަ ވާހަކަތަކެއް ވެސް ބައެއް ފަރާތްތަކުން ދައްކަން ފެށި އެވެ. އަދި ނަސްލީ ގޮތުން ވެސް އިންޑިއާގެ މީހުންނަށް ފާޑުކިޔާ ހަދަން ފެށި އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޒުވާނުންނާ ބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ރައްދުވާގޮތަށް ޓްވީޓު ކުރެއްވުމުންނެވެ.
މީގެ އިތުރުން ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ވެސް ވަނީ އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ރައްދުވާގޮތަށް ވާހަކަ ދައްކައިފަ އެވެ.
މި ވާހަކަތަކާ އެކު އެކްސް ކެކިއަރަމުންދާއިރު މިފަހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އައި އަކްޝޭ ވަނީ، އިންޑިއާގެ ރައްޔިތުން ޗުއްޓީ އަށް ރާއްޖެ ނައިސް އެ ގައުމުގައި ޗުއްޓީ ހޭދަކުރަން ހިތްވަރު ދީފަ އެވެ.
އަކްޝޭގެ ޕޯސްޓުގައި ބުނީ، ރާއްޖޭގެ ފާހަގަ ކުރެވޭ ބައެއް ބޭފުޅުން އިންޑިއާ އަށް ރައްދުވާގޮތަށް މަލަމާތާއި ފުރައްސާރަކޮށް ވާހަކަ ދައްކާފައިހުރި ޕޯސްޓުތަކެއް ފެނިފައިވާ ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުުމު ކަމަށާއި، އެފަދަ މުހިއްމު ގައުމެއްގެ ރައްޔިތުންނާމެދު ގޯސްކޮށް ކަންތައް ކުރާތީ ހައިރާންވާކަމަށް އަކްޝޭ ބުންޏެވެ.
Came across comments from prominent public figures from Maldives passing hateful and racist comments on Indians. Surprised that they are doing this to a country that sends them the maximum number of tourists.
— Akshay Kumar (@akshaykumar) January 7, 2024
We are good to our neighbors but
why should we tolerate such… pic.twitter.com/DXRqkQFguN
"އަހަރެމެންނަކީ ރަނގަޅު އަވައްޓެރިން. އެކަމަކު އެފަދަ ފުރައްސާރަ ތަހައްމަލު ކުރާނީ ކިހިނެއް؟ އަހަރެން ވަރަށް ގިނަ ފަހަރު ރާއްޖެ ގޮސްފިން. ރާއްޖޭގެ ރީތިކަމަށް ތައުރީފު ވެސް ކޮށްފިން،" އަކްޝޭ ބުންޏެވެ.
"އެކަމަކު [އަމިއްލަ ގައުމުގެ] އިއްޒަތައި ކަރާމާތް އިސްކުރާނަން. އެހެންވީމާ އިންޑިއާގެ ޖަޒީރާ ރަށްތައް އެކްސްޕްލޯ ކުރަން ހިނގާ،" ރާއްޖެ ނައިސް އިންޑިއާގެ ރަށްތަކަށް ގޮސް ޗުއްޓީ ހޭދަކުރަން ހިތްވަރުދީ އަކްޝޭ ބުންޏެވެ.
އަކްޝޭ ވަނީ އިންޑިއާގެ ޓޫރިޒަމް ކުރިއެރުވުމަށް އެ ގައުމުގެ ރައްޔިތުންގެ އެއްބާރުލުން ދޭން ގޮވާލައިފަ އެވެ.
ކޮމެންޓް (8)
ބަކުރުބެ
ޭެޭޢެންސްޓެއިން
ސޭކުސްތާން
ހާލަތު
މިގައުމު
ކޮސް
އެމްޑީޕީ ހަލާކު
ނިތީޖާ