ކެނޮން އީއޯއެސް އާރު6 މާކް 2.
މިޑް ރޭންޖުގެ އެންމެ މޮޅު ކެނޮން އާރު6 މާކް 2 ސިމްޑީން
މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރުނު ކެނޮންގެ 'އީއޯއެސް އާރު6 މާކް 2' މޮޑެލްއަކީ މިޑް ރޭންޖުގެ އެންމެ ފެންވަރު ރަނގަޅު އެއް ކެމެރާ އެވެ. މިއީ ފުރަތަމަ އާރު6އަށް ބައެއް އަޕްގްރޭޑްތަކާ އެކު ނެރުނު، މި ސީރީޒްގެ ދެ ވަނަ މޮޑެލް އެވެ.
އީއޯއެސް އާރު6 މާކް 2
މިއީ ބައެއް އާ ފީޗާތައް ހިމަނައިގެން ނެރުނު ފުރަތަމަ އާރު6ގެ އަޕްގްރޭޑެއް
އާ ފީޗާތައް
24 މެގަޕިކްސެލްގެ ފުލް-ފްރޭމް ސެންސާ
މިއީ އާރު6 މާކް 2އަށް ގެނައި އެންމެ މުހިންމު އެއް އަޕްގްރޭޑް؛ މީގެ ސަބަބުން މަޝްހޫރު ގިނަ ކެމެރާތަކާ ފައިހަމަކޮށްލެވޭ
ވީޑިއޯ ފީޗާތައް
- އަލްޓްރާ އެޗުޑީ 4ކޭ/60ޕީއެސް އާ ހަމައަށް ނެގޭ (ގިނަވެގެން 40 މިނެޓާ ހަމައަށް)
- ފުލްއެޗްޑީ 120 އެފްޕީއެސްއާ ހަމައަށް ނެގޭ
- ޕްރޯރެސް ރޯ ވީޑިއޯ ވޯކްލްފޯ ސަޕޯޓު ކުރޭ
އޮޓޯ ފޯކަސް
- އަލަށް އިތުރުކުރާ ސަބްޖެކްޓް ޓްރެކިން ފީޗާއެއް ހިމެނޭނެ
- މީހުންނާއި ޖަނަވާރުގެ އިތުރުން ވެހިކަލް ޓްރެކް ކުރެވޭނެ
- ސަބްޖެޓް ދެނެގަނެވޭ އޮޓޯ މޯޑްއެއް ވެސް ހިމެނޭ
ރޯ ބާސްޓް މޯޑް
- މިއީ މި ކެމެރާގެ 40އެފްޕީއެސް ޝޫޓިންއާ އެކު އަންނަ މުހިންމު ފީޗާއެއް
- މި ފީޗާ ބޭނުންކުރެވޭނީ މި ކެމެރާގައި ހިމެނޭ އިލެކްޓްރޯނިކް ޝަޓާ މެދުވެރިކޮށް
- ބާސްޓްކޮށް ނަގާ ހުރިހާ ފޮޓޯއެއް ބަލާލައި، އެންމެ ރަނގަޅު ފޮޓޯ ހިޔާރު ކުރެވޭނެ
މީހުންގެ ތަޖުރިބާ
ވީޑިއޯ އާއި ފޮޓޯ ނަގަން ވެސް ވަރަށް ރަނގަޅު ކެމެރާއެއް މިއީ. އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މި ކެމެރާގެ އޮޓޯ ފޯކަސް ރަނގަޅުވުން. ކެމެރާގެ ބޮޑީ ކުޑަވީމަ ވަރަށް ގެންގުޅެން ވެސް ފަސޭހަ.
ސްލޯމޯ ވީޑިއޯތަކާއި ފްރޭމް ރޭޓް ބަރާބަރު. މިއީ ޑީއެސްއެލްއާރް އަކުން މިރާލެސް ކެމެރާއަކަށް ބަދަލުކުރާއިރު އެންމެ ރަނގަޅު ޗޮއިސް.
ކެނޮންގެ އާރު6 މާކް 2 އާއި އިތުރު ކެމެރާތަކާއި ލެންސްތައް އަދި ފޮޓޯގްރާފަރުން ބޭނުންވާނެ އެހެން އުފެއްދުންތައް މާލޭގައި ހުންނަ ސިމްޑީގެ ކެނޮން ޝޯރޫމް އާއި ސިމްޑީ އޮންލައިން އެޕްލިކޭޝަނުން ގަންނަން ލިބޭނެ އެވެ.