މާލޭގެ ވިޔަފާރި ބަނދަރު: ޕައިލޮޓޭޖްއަކީ ބަނދަރަށް އަންނަ އުޅަނދުފަހަރަށް މުހިންމު ހިދުމަތެއް (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

އެމްޕީއެލް އިން ދޭ ޕައިލޮޓޭޖު ހިދުމަތުން ސާޗާޖު ނަގަނީ

މީގެ ކުރިން އެމްޕީއެލް އިން ޕައިލޮޓޭޖު ފީ ބޮޑުކުރުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު އެ ފީ ކުޑަ ވެސް ކުރި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ޕައިލޮޓޭޖު ހިދުމަތްތަކުން ސާޗާޖު ނަގަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނިން ބުނީ މި ޗާޖު ނަގަން ފަށާނީ މި މަހުގެ 21 އިން ފެށިގެން ކަމަށެވެ.

އެނގުން މުހިއްމު - ޕައިލޮޓޭޖު ހިދުމަތުން ސާޗާޖެއް ނަގަން ފެށި އިރު، މީގެ ކުރިން އެ ހިދުމަތަށް ނަގާ ފީ ބޮޑުކުރުމުން ކްރޫޒް ލައިނާތައް ރާއްޖެ އައުން މަދުވެފައިވާ ކަމަށް ބުނެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އޭގެ ފަހުން އެ ކުންފުނިން އަނެއްކާވެސް އެ ފީ ކުޑަކުރި އެވެ.

ތަފްސީލް - އެމްޕީއެލް އިން ނަގަން ފެށި މި ފީއާ އެކު

  • 500 ޖީޓީ އިން ދަށުގެ އުޅަނދުތަކުން ނަގާނީ 1،080ރ. ގެ ފީއެއް

  • 501 ޖީޓީ އިން 3،000ރ ޖީޓީއާ ދެމެދުގެ އުޅަނދުތަކުން ނަގާނީ 1،620ރ. ގެ ފީއެއް

  • 3،001 ޖީޓީ -15،000 ޖީޓީގެ އުޅަނދުތަކުން ނަގާނީ 3،240ރ.ގެ ފީއެއް

  • 15،000 ޖީޓީ އިން މަތީގެ އުޅަނދުތަކުން 5،400 ރ. ގެ ފީއެއް

ޕައިލޮޓޭޖު ހިދުމަތަކީ ބަނދަރަށް ވަންނަ އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ވަދެ ނުކުތުމުގެ ނެވިގޭޝަން މައުލޫމާތު ފޯރުކޮށްދިނުމެވެ. އެކަމަށް ހާއްސަ އުޅަނދުތައް ބޭނުންކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް