އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނަިއިދު)

އެމްޕީއެލް

އެމްޕީއެލް އިން ނަގާ ޕައިލަޓޭޖު ފީ ކުޑަކޮށްފި

އެމްޕީއެލް އިން ބުނީ އަލަށް އެކުލަވާލި ފީތަކަށް އަމަލުކުރާނީ މި މަހުގެ 15 އިން ފެށިގެން ކަމަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖު ފީތައް އެވްރެޖުކޮށް %50 އަށް ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕައިލަޓޭޖު ފީތަކަށް ބަދަލު ގެނެސް އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެރިޓައިމް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުގެ ހިޔާލުތަކާ އެއްގޮތަށް ޕައިލެޓޭޖު ފީތައް ރިވިއުކޮށްފައިވާނެ ކަމަށެވެ.

ތަފްސީލް - އެމްޕީއެލް އިން ބުނީ ފީތަކަށް ބަދަލު ގެނައީ މެރިޓައިމް އިންޑަސްޓްރީގެ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކާއި  ރައްޔިތުންގެ މަޖިލީހާ އެކު މަޝްވަރާކުރުމަށް ފަހު، އެ މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ލަފާތަކަށް ބެލުމަށް ފަހު ކަމަށެވެ.

  • މީގެ ކުރިން އެމްޕީއެލް އިން ޕައިލަޓޭޖު ފީތަކަށް އެންމެ ފަހުންް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހު

"މި މަސައްކަތުގައި މި ކުންފުނިން ވަނީ އަވަށްޓެރި ގައުމުތަކުގެ ޕޯޓުތަކުން މި ވަގުތު ނަގަމުންދާ ޕައިލަޓޭޖް ފީތަކުގެ އަގުތައް ދިރާސާކޮށް، އެ އަގުތަކަށް ވެސް ރިޔާއަތްކޮށްފަ އެވެ،" އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ބުނީ ކީކޭ؟ - އެމްޕީއެލް އިން ބުނީ އަލަށް ގެނައި ބަދަލާ އެކު، އެ  ކުންފުނީގެ ޕައިލަޓޭޖް ފީތައް، ސަރަހައްދުގެ އެހެން ގައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާ އަޅާކިޔޭ، ވާދަވެރި އަގުތަކަކަށް ވާނެ ކަމަށެވެ.

ޕައިލަޓޭޖު ފީ ބޮޑުވެގެން ރާއްޖެ އަށް ކްރޫޒް ލައިނާތައް ނާންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކުންފުނީގެ ތަރުޖަމާނު ދާނިޝް ނިޒާމް މިއަދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖެ އަށް ކްރޫޒް ލައިނާތައް އައުން މެދުކަނޑާލެވިފައިވާ ކަމަށާއި ކްރޫޒް ލައިނާތައް އަންނާނެ ކަމަށް މައުލޫމާތު ލިބެނީ މި މަހު ނުވަތަ އަންނަ މަހު ކަމަށެވެ. އަދި ކްރޫޒް ލައިނާތައް ނައުމާއި ޕައިލޮޓޭޖު ފީ ބޮޑުވުމާ ގުޅުމެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ފީތައް ރިވިއުކޮށް ގެނައި ބަދަލާއެކު:

  • މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވެރެޖްކޮށް %50 ކުޑަވާނެ

  • ބޮޑެތި ކްރޫޑް ކެރިއާ (ވީއެލްސީސީ) ތަކަށް ނަގާ ޕައިލަޓޭޖް ފީ %20 އާ ހަމައަށް ކުޑަވާނެ

  • ޕައިލަޓޭޖް ފީތަކަށް ގެނަ ބަދަލުތަކަށް އަމަލުކުރަން ފަށާނީ 15 ޑިސެމްބަރުން ފެށިގެން

އެމްޕީއެލް އިން ބުނީ ޓަގު ކުއްޔަށް ދިނުމުގެ އަގުތައް ވެސް %50-30 އަށް ހެޔޮކޮށްފައިވާނެ ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ:

  • އަބަދު ވެސް މަސައްކަތްކުރާނީ، މެރިޓައިމް އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށް ބަލައިގެން

  • ދާއިރާތަކުގެ ވިޔަފާރިތަކަށް ފަހިވާނެ ފަދަ މާހައުލެއް ގާއިމްކުރެވޭނެ ގޮތްތަކަށް އިސްކަންދީގެންކަމަށް

  •  ކުރިއަށް އޮތް ތަނުގައި ވެސް،  ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ކަންކަން ނިންމުމުގައި، މެރިޓައިމް އިންޑަސްޓްރީގައި ޝާމިލްވާ ފަރާތްތަކުގެ ހިޔާލު ބަލައިގަންނާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް