ދެ ރަށް ގުޅުވާލައިގެން ކްރައުން އެންޑް ޗަމްޕާ އިން ޅ އަތޮޅުގައި ތަރައްގީކުރި ޖާވަކަރަ (ފޮޓޯ/ބުކިން.ކޮމް)
ކްރައުން އެންޑް ޗަމްޕާގެ 'ޖާވަކަރަ' ޅ. އަތޮޅުގައި ހުޅުވައިފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީކުރި 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު ހުޅުވައިފި އެވެ.
އެނގުން މުހިއްމު - ޅ. އަތޮޅުގައި މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން މިއަދު ހުޅުވި ޖާވަކަރަ އައިލެންޑްސްއަކީ 290 ކޮޓަރީގެ ރިސޯޓެކެވެ.
-
މިއީ މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން ދެވޭ ސަރަހައްދެއްގައި އޮންނަ ރިސޯޓެއް
-
ސީޕްލޭންގައި ވީއައިއޭއިން ފުރައިގެން 35 މިނެޓުން ދެވޭނެ
-
ތަރައްގީކޮށްފައިވަނީ މާބިންހުރާ އަދި ދެރުއް ފިނޮޅު، ދިގު ފާލަމަކުން ގުޅާލައިގެން
-
މާބިން ހުރާގައި 202 ކޮޓަރި އަދި ދެ ރުއްފިނޮޅުގައި 88 ކޮޓަރި ހުންނާނެ؛ އެއީ 110 ބީޗު ވިލާ އާއި 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާ
-
ދެ ސްޕާ
-
ޖުމްލަ ހަތަރު ބާ އާއި ހަތަރު ރެސްޓޯރެންޓް ހުރޭ
ތަފްސީލް - މި ފަސް ތަރީގެ ރިސޯޓަކީ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ކުރެވޭނެ ރިސޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ރިސޯޓުގައި ސްޕާ އާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ އިތުރުން ދެ އިންފިނިޓީ ޕޫލް ހުރެ އެވެ.
މީގެ އިތުރުން ސާފް ސްކޫލެއް ވެސް ހިންގަ އެވެ. ވޯޓާ ސްޕޯޓްސްގެ ތަފާތު ކުޅިވަރުތަކުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ބުނީ ކީކޭ؟ - އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާރިސޭ ވެން ޑެން ބާޝް ވިދާޅުވީ ޖާވަކަރަ ޑިޒައިންކޮށްފައިވަނީ ކޮންމެ އާއިލާއެއްގެ ވެސް 'ޑްރީމް ލަގްޒަރީ ޗުއްޓީ' ހޭދަކުރެވޭނެ ގޮތަށް ކަމަށެވެ. ކޮންމެ އުމުރެއްގެ ފަތުރުވެރިންނަށް ވެސް ކަމުދާނެ ހަރަކާތްތަކާއި ރަހަތައް އެ ތަނުގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް - ޖާވަރަކައަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ހުޅުވި ހަ ވަނަ ރިސޯޓެވެ.