ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަކުރުން ފާހަގަކުރުމަށް، ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ މޯލްޑިވްސްގައި 3 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ރޭ ބޭއްވި 'ރަންޔޫބީލް ގާލާ' ގައި އެމްޔޫ މަނިކު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފަތުރުވެރިކަމަށް ދިވެހިން މުހިންމު؛ އަބަދު ބޭރު މީހުން ނުގެނެވޭނެ: އެމްޔޫ މަނިކު

ކޮލެޓީ ޓޫރިޒަމް ހިންގާ ނަމަ ތަމްރީން ލިބިފައިތިބި މުވައްޒަފުން މުހިއްމު ކަމަށްް އޭނާ ވިދާޅުވި

ފަތުރުވެރިކަމުގެ ދާއިރާ އަށް ދިވެހިން ނެރުން މުހިއްމު ކަމަށާއި މި ދާއިރާގައި މަސައްކަތް ކުރަން އަބަދު ބޭރުމީހުން ގެނެސްގެން ނޫޅެވޭނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެއް ބާނީ އަދި ޔުނިވާސަލް ފައުންޑޭޝަންގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) މަނިކު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ 'ޑިސްކަވާ ހޮސްޕިޓަލިޓީ' ޕްރޮގްރާމްގެ 4 ވަނަ ބެޗް ގެ ދަސްވެނިވުން ފާހަގަކޮށް 5 ވަނަ ބެޗުގެ ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކުރުމަށް މިއަދު މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޔޫމަނިކު ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް މުއްސަނދި ޕްރޮގްރާމެއް ކަމަށެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވީ މިއީ ތަޖުރިބާހުރި ދެ ޕާޓީ ގުޅިގެން ކުރިއަށްގެންދާ މުހިއްމު ޕްރޮގްރާމެއް ކަމަށާއި މިއީ އިންޑަސްޓްރީގެ ކުރިއެރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނަކުދިން މި ޕްރޮގްރާމުގައި ބައިވެރިވެގެން [ހޮސްޕިޓަަލިޓީ ދާއިރާ] ކެރިއަރެއްގެ ގޮތުގައި ހަދަން. ޓޫރިޒަމަކީ މި ރާއްޖޭގެ ބެކްބޯން. އެހެންވީމާ ކެރިއާ އޮޕަޗުނިނިޓީސް ވަރަށް ގިނަ،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

މި ދާއިރާ ކުރިއަރަމުންދާ ކަމަށާއި އެއާ އެކު ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވެމުންދާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ކޮލެޓީ ޓޫރިޒަމް ހިންގާ ނަމަ ތަމްރީނު ލިބިފައިތިބި މުވައްޒަފުން މުހިއްމު ކަމަށެވެ.

"އަބަދަކު ނޫޅެވޭނެ ބޭރުން މީހުން ގެނެސްގެންނެއް،" އުމަރު މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސޯޓްގައ ލިބެންހުރި ވަސީލަތްތައް މިހާރު ވަރަށް ރަނގަޅު ކަމަށާއި މިއީ މުސްތަގުބަލު އޮތް ދާއިރާ އެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް