ވ. ފޮއްތެޔޮފަޅު: މި ފަޅުން 400 ހެކްޓަރު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައި.

ވ. އަތޮޅު އިރުދެކުނުގައި އެއާޕޯޓު އަޅަން އިންވެސްޓަރުން ހޯދަނީ

ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގަން ނިންމާފައިވާ އެ މަޝްރޫއަށް އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) ހޭދަކުރަން ޖެހޭ

ރާއްޖޭގައި ދެން ހިންގާ ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫއު ވ. އަތޮޅުގައި ހިންގާނެ ކަމަށާއި އެ އަތޮޮޅު ވައިގެ މަގުން ވެސް ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް ވ. އަތޮޅުގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އިއްޔެ ނެރުއްވި ގަރާރެއްގައިވާ ގޮތުން، ވ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - އެ ގަރާރުގައިވާ ގޮތުން، އެއަތޮޅުގެ އިރު ދެކުނުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހިންގަން ނިންމާފައިވާ އެ މަޝްރޫއަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުން އެންމެ މަދުވެގެން 5 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) ދޭން ޖެހެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިދިޔަ މަހު ވ. ކެެޔޮދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ:

  • ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޓޫރިޒަމްގެ މަޝްރޫއު ހިންގުމަށް ބަޔަކާ އެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައި

  • އެ މަޝްރޫއާ އެކު، ވ. އަތޮޅަށް ވައިގެ މަގުން ދަތުރުކުރެވޭނޭ ގޮތަށް އެއާޕޯޓެއް ވެސް އަޅާނެ

އެނގުން މުހިއްމު - ވ. އަތޮޅުގައި ރައީސް އިއުލާނު ކުރެއްވި ޕްރޮޖެކްޓާ ދެކޮޅަށް އެ އަތޮޅު ކައުންސިލުން ވަނީ ވާހަކަ ދައްކައިފަ އެވެ. ރައީސްގެ ވާހަކަފުޅާ ގުޅިގެން ވ. އަތޮޅު ކައުންސިލުން ބުނީ ވ. އަތޮޅުގައި ހިންގަން ސަރުކާރުން އިއުލާންކޮށްފައިވާ މަޝްރޫއަކީ އެ އަތޮޅުގައި އޮންނަ ފޮއްތެޔޮފަޅުން 400 ހެކްޓަރު ސަރަހައްދެއް ހިއްކައި ރިސޯޓެއް ތަރައްގީ ކުރުން ކަމަށެވެ.

ފާހަގަ ކުރެވޭ ކަމެއް - އިގްތިސޯދީ ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު އަޅަން ނިންމައި ފައިސާ ހޯދަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ 66 ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓު އެޅުން (ހދ. މަކުނުދޫ، ށ. ބިލަތްފަހި، ރ. އަތޮޅު ދެކުނުބިތް، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށި)

  • ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުން

  • ޅ. މަޑިވަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުން

  • ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް

  • ދ. އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުުން

ކޮމެންޓް (1)

ޙެހެހެ

7 އޯގަސްޓު 2023
މަވެސް އެއާޕޯޓު އަޅަން ފައިސާ ހޯދަން އިޢުލާން ކޮށްފާނަން. ހެހެހެހެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް