މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރު އެއާޕޯޓުގައި (ފޮޓޯ/ޝާހިދު/ފޭސްބުކް)

މޯލްޑިވިއަން

މޯލްޑިވިއަންއިން މާފަރާއި މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރަނީ

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަޑިވަރު އަދި މާފަރަށް ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓު ބާއްވާނެ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޅ. މަޑިވަރު އަދި ނ. މާފަރު އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ވީ ކިހިނެެއް؟ - އެ އެއާލައިނުން ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަޑިވަރު އަދި މާފަރަށް ކޮންމެ ދުވަހަކު އިތުރު އެއް ފްލައިޓު ބާއްވާނެ ކަމަށެވެ.

ތަފްސީލް -  މިހާރު މޯލްޑިވިއަން އިން މާފަރު އަދި މަޑިވަރަށް ކުރަނީ ދުވާލަކު އެއް ދަތުރެވެ.

  • ދަތުރުތަކުގެ އަގަކީ ދެކޮޅަށް 2،754ރ.

މޯލްޑިވިއަން އިން މާފަރު އަދި މަޑިވަރަށް ކުރާ ދަތުރުތަކުގެ ތަފްސީލް (ފޮޓޯ/މޯލްޑިވިއަން)

އެ އެއާލައިނުން ބުނީ، މިއީ ޗުއްޓީއާ ދިމާކޮށް އިތުރުކުރި ދަތުރުތަކެއް ނޫން ކަމަށާއި މި ދަތުރުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޗުއްޓީތަކާ ދިމާކޮށް ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރުވާ މިންވަރަށް ބަލައި ޑިމާންޑު އޮންނަ މަންޒިލުތަކަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރުކުރެ އެވެ. މި ނިމުނު އީދު ޗުއްޓީގައި ވެސް އެ އެއާލައިނުން ވަނީ އެވްރެޖުކޮށް ދުވާލަކު 40އަށް ވުރެ ގިނަ ފްލައިޓު ބާއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް