ދިރާގާއި ސޮކަ ވެޓަރެންސް އެސޯސިއޭޝަންއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. (ފޮޓޯ/ދިރާގު
ދިރާގުން ސޮކާ ވެޓެރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ވެއްޖެ
ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ތަފްސީލު - މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ސޮކާ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނީ:
-
އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް، 'ކިޑްސް ފުޓްބޯލް ފިއެސްޓާ' ބާއްވައި ފުޓުބޯޅަ ކުޅުންތެރިންގެ އާ ޖީލެއް އުފެއްދުމަށް
ފާހަގަކޮށްލެވޭ ކަމެއް - ދިރާގުން އަންނަނީ ޒުވާނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ޒުވާނުންނަށް އެ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގެ މަގުފަހިކޮށްދެމުންނެވެ.
ބުނީ ކީކޭ؟ - މި އެއްބަސްވުމާ ގުޅޭ ގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
"ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް. އެހެންކަމުން، މި ޕާޓްނާޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެ ކަމަށް އުންމީދު ކުރަން،" ނާޔާ ވިދާޅުވި އެވެ.
ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމް ވަނީ ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމަށް ދިރާގުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު ގިނަ އާ ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.