ޝީއިންގެ އޯޑަރުތަކެއް: ޝިޕިން ފީގެ އަގުބޮޑުވުމާ އެކު އެ ތަނުން ދިވެހިން ވިޔަފާރިކުރުން މިހާރު ވަނީ ގާތްގަނޑަކަށްހެން ހުއްޓިފައި. (ފޮޓޯ/ޕަބްލިކް އައި)

ޝީއިން

ޝީއިން އިން ރާއްޖެއަށް އަނެއްކާވެސް ޝިޕިން ހިލޭކޮށްފި

ކުރިއެކޭ އެއްގޮތަށް މިހާރު ޝީއިން އިން ވަކި މިންވަރަކަށް ވުރެ ގިނައިން ގަންނަ ނަމަ، ޝިޕިން ފީ ހިލޭ ވާނެ
14 ނޮވެމްބަރު 2022
3

ދިވެހިންގެ ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮންލައިން ވިޔަފާރި، ޝީއިން އިން ޝިޕިން ޗާޖުގެ ގޮތުގައި ރާއްޖެއަށް ނަގާ ފީ އަނެއްކާވެސް އުނިކޮށްފި ކޮށްފި އެވެ.

މައްސަލައިގެ ފެށުން - އަންނައުނާއި ދަބަހާއި ބޫޓާއި ފައިވާނުގެ އިތުރުން ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ގަތުމަށް މަގުބޫލު މި ސައިޓުން، ވަކި މިންވަރަކަށް ވުރެ މުދާ ގިނައިން ގެންނަ ނަމަ ކުރިން ޝިޕިން ފީ އިނީ ހިލެ އެވެ. އެކަމަކު މިދިޔަ އޮގަސްޓު މަހުން ފެށިގެން ވަނީ ޝިޕިން ފީ ވަރަށް ބޮޑުކޮށްފަ އެވެ. އެގޮތުން:

  • ކޮންމެ އަދަދަކުން ވިޔަފާރި ކުރި ނަމަވެސް ޝިޕިން ފީގެ ގޮތުގައި 30 ޑޮލަރު ދައްކަން ޖެހުނު 

  • އިތުރަށް ނަގާ ކޮންމެ އެއްޗަކުން 5 ޑޮލަރު ޗާޖު ކުރި

ޝީއިން އިން ރާއްޖޭގެ ގިނަ ބަޔަކު މުދާ ގެންނައިރު، ގިނަ ބަޔަކު ކުދި ވިޔަފާރިތަކުގެ ގޮތުގައި ރަޖިސްޓްރީކޮށް، ޝިއިން އިން މުދާ ގެނެސް ވިއްކި އެވެ. އެކަމަކު ފީ ބޮޑުކުރުމާ އެކު އެ ހުރިހާ ވިޔަފާރިތަކެއް އެއްކޮށްހެން ހުއްޓުނެވެ.

ވީ ކިހިނެއް؟ - ޝީއިންގެ ވެބްސައިޓުގައިވާ ގޮތުން މިހާރު ފީ ނަގާނީ، ހަމަ ކުރިން ވެސް ނެގި މިންވަރަށެވެ. އެގޮތުން:

  • މީގެ ކުރިން ޝީއިން އިން ރާއްޖެއަށް ތަކެތި ފޮނުވަނީ، 200 ޑޮލަރުން ދަށުގެ އޯޑަރެއް ނަމަ ޝިޕިން ފީގެ ގޮތުގައި 24 ޑޮލަރު ނަގައިގެން

  • 200 ޑޮޮލަރުން މަތީގެ އޯޑަރެއް ނަމަ، ޝިޕިން ފީއެއް ނުނަގާ

  • އެހެންވެ، އެއްފަހަރާ މާ ގިނަ ތަކެތި ގަންނަން ބޭނުން ނުވާ މީހުން، އާއްމު ގޮތެއްގައި ވިޔަފާރި ކުރަނީ އެ ތަކެތި ރާއްޖެ ގެނައުމުގެ ވިޔަފާރިކުރާ މީހުން މެދުވެރިކޮށް

އެނގުން މުހިންމު - ޗައިނާގެ ކްރިސް ޒޫ 2008 ވަނަ އަހަރު އުފެއްދި ވިޔަފާރިއެއް ކަމަށްވާ ޝީއިންގައި އެ ގައުމުގެ 7،000 މުވައްޒަފުން ގެންގުޅެ އެވެ. ޝީއިންގެ ވިޔަފާރި ފަލްސަފާ އަކީ، އެއް ފަހަރު ލާފައި އެއްލާލަން ވިޔަސް، ވީހާ ވެސް އަގުހެޔޮކޮށް ފަހުގެ ޓްރެންޑްތައް ވިއްކުމެވެ. ޝީއިންގެ ސްޓޮކްގެ %6 ވެސް 90 ދުވަހަށް ވުރެ ގިނަ ދުވަހު ނުބަހައްޓަ އެވެ. ދުނިޔޭގެ 150 ގައުމަށް މި ތަކެތި ޝިޕް ކުރެ އެވެ.

ކޮމެންޓް (3)

ރަފާ

14 ނޮވެމްބަރު 2022
އެންމެ ރަނގަޅު
2 0

ސަފޫހް

14 ނޮވެމްބަރު 2022
ނަސީބެއްނު. އިންތިޒާރުގެ ނިމުން ފޮނި
2 0

އަސީލް

14 ނޮވެމްބަރު 2022
ފައިނަލީ. ހާދަ އިންތިޒާރެއް ކުރެވިއްޖޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް