ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް، 28 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ހެނދުނު ކ. ދޫނިދޫގައި ކުރިއަށް ގެންދަނީ. (ފޮޓޯ/ޕޮލިސް)

ފުލުހުން

ކުއްޖަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަނީ

ޑްރަގް ގެންގޮސްފައިވަނީ ކ. އަތޮޅުގެ ސްކޫލަކަށް

ކ. އަތޮޅު ރަށެއްގައި ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ސްކޫލް ކުއްޖަކު ސްކޫލަށް މަސްތުވާތަކެތި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:34 ހާއިރު ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ސްކޫލަށް މަސްތުވާތަކެތި ގެންދިޔައީ ކޮން އުމުރެއްގެ ކުއްޖެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެނގުން މުހިންމު - ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި ވާއިރު، އެ ވަބާގައި 15 އަހަރުން ދަށުގެ ކުޑަކުދިން ވެސް ޖެހެމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ހެދި ދިރާސާއަކުން ވަނީ ހާމަވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް