ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. (ފައިލް ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

ސުޕްރީމް ކޯޓު

އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތް ނުބާއްވަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އަލީ ވަހީދު ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތް ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސާފައި. އެ ނިންމުން ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި
4 އޮކްޓޯބަރު 2021
3

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަންގައި ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގައި އޭނާއަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކޯޓުން ވަނީ ނިންމުމެއް ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އަމުރުކުރުމުން، އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި އަދި ގޮތެއް ނުނިންމަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ވަނީ އަލީ ވަހީދުގެ ޝަރީއަތްތަކާ ގުޅޭގޮތުން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނީ، އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ހަތް ދައުވާއިން ބަލަމުން އަންނަ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް ، އަދި އެ ކޯޓުން ބަލަމުން އަންނަ އެނޫން މައްސަލައެއްގެ އަޑުއެހުމެއް ވެސް އަލީ ވަހީދު ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދަން އަންގާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ޖިންސީ އަނިޔާކުރުމުގެ ދައުވާ

  • ޖިންސީ ގޯނާކުރުމުގެ ދައުވާ

  • ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ

  • ރޭޕް ކުރަން އުޅުމުގެ ދައުވާ

  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ

  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ 

އެނގުން މުހިންމު - އަލީ ވަހީދު ވަނީ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ތުހުމަތުތަކުގެ ފަހަތުގައި ވަނީ ސިޔާސީ ބަޔަކު ކަމަށާއި އޭނާ "ފްރޭމް" ކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (3)

ހަރުމުދާ

4 އޮކްޓޯބަރު 2021
ކަފާލާތުގެ ޙައްޤު ލިބިގެންވަނީ ބޮޑެތި ވައްކަންމިހާރުގެ ސަރުކާރުގައިވެސް ތިއްބަވައުގެން ކުރައްވާ ބޭކަލުންނާއި އަދި ސަރުކާރަށް ބައިއަތުދީ މިސަރުކާރުގެނައި ބޮޑަތި ކޮރަޕްޝަނާއި ގުޅިފައިވީ ދައުލަތުގެ އިސްމަޤާމުތަކުގައި، ސިޔާސީލީޑަރުންގެ ގޮތުގައި ތިއްބެވި ބޭކަލުންނަށް.
0 0

ޕީޕަލް

4 އޮކްޓޯބަރު 2021
2 އޮކްޓޯބަރުގައި ޝަމީމު އެބައިން މީގެއްގެ ކޮމެންޓްއަކަށް ޖަވާބުދީ ބުނެފައި ސުޕްރީމް ކޯޓަށް އެއްވެސް މީހެއްގެ ނުފޫޒް ނުފޯރުވޭނެއޭ. އިންސާފުގާއިމްކޮށްދޭނަމޭ އެކަމުގެ ހެޔޮފާލުފެނެއޭ.އެހެންވީމާ ޝަމީމަށް މާކުރިން އިނގޭ ސުޕްރީމްކޯޓުން މިއަމުރު ނެރޭނެކަން އަދި ދެއްކުންތެރިމީހަކަށް ވީމަ ކެތްތެރިކަމެއްނެތި އެވާހަކަބުނެވުނީ އޭނާގެ ނުފޫޒް އެކަނި އެކޯޓަށް ފޯރުވޭތީ.
0 0

ޓުވީޓް ރިޕްލައި

4 އޮކްޓޯބަރު 2021
އިހަކަށް ދުވަހަކު ސަމީމު ޓުވިޓާރ ގައި ލިޔެފައި އޮތް އިންސާފު ގާއިމްކުރެވޭނެއޭ ކެތްތެރިވާށޭ އެއީ އުނދަގޫކަމެއްކަމުގައި ވިޔަސް، އަދި މިސާލްއެއްގެ ގޮތުން ބުނީ މިހާރު އޮތް ސުޕްރީމްކޯޓަށް މީހުންގެ ނުފޫޒް ނުފޯރުވޭކަމަށް. އެހެނަސް މިއަދު މިއޮތީ ހަމަ އެކޯޓުން ވަކިއަމުރެއްނެރިފައި. ފަހަރުގައި އެބުނީ ސުޕްރީމް ކޯޓަށް ސަމީމުނޫން އެހެން މީހުނަށް ނުފޫޒްނުފޯރިވޭނެކަމަށް ވެދާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް